ދިވެހި އަންހެން ޓީމަށް ލޯ މެޑަލް ލިބުނީ، ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ލަންކާއާ ވާދަކޮށް ތިން ސެޓު ދެ ސެޓުން މެޗު ގެއްލުމުންނެވެ. ކެޑޭޓް ކެޓެގަރީގައި ސެމީން ރާއްޖެ ބަލިވީ އިންޑިއާ އަތުން ތިން ސެޓުންނެވެ.
މި މުބާރާތުގެ ޖޫނިއާ ބައިގެ އަންހެން ޓީމު ފައިނަލުގައި ވާދަކުރާނީ ރާއްޖެ އަތުން މޮޅުވި ލަންކާއާ، ޕާކިސްތާނު އަތުން މޮޅުވި އިންޑީޔާއެވެ.