ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އޮބީސިޓީ އާއި ދެކޮޅަށް ހަނގުރާމަ ކުރާނީ ކިހިނެއް؟
އޮބީސިޓީ އަކީ ހަށިގަނޑުގެ ތެރޭގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ފެޓް ގެ މިންވަރު އިތުރުވާ ހާލަތެކެވެ. މީގެ ސަބަބުން ހިތުގެ ބައްޔާއި، ހަކުރު ބައްޔާއި، ލޭގެ ޕްރެޝަރު މަތިވުމާއި، ބައެއް ހާލަތްތަކުގައި އެކި ވައްތަރުގެ ކެންސަރު ފަދަ ސިއްހީ އެހެން ނުރައްކާތަކާއި ވެސް ކުރިމަތިވެއެވެ.
Advertisement

ކޮންސަލްޓަންޓް ފެމިލީ ފިޒީޝަން، މެޑެލް ހެލްތުކެއާ، ސުދަރްޝަން އެސް، އެޗްޓީ ލައިފްސްޓައިލް، އަށް ދެއްވި އިންޓަވިއުއެއްގައި ރަނގަޅު ލައިފްސްޓައިލަކަށް ހުރުމަތްތެރިކޮށް ހިތައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ އެއް ބޭނުންކުރާ ނަމަ، އޮބީސިޓީ އަކީ ރައްކާތެރިވެވޭނެ އެއްޗެއް ކަމަށް ބުނެފައިވެއެވެ. "ހަމަ ޔަގީނުން ވެސް އޮބީސިޓީއަށް ފަރުވާ ކުރުމަށް އެންމެ ފަހުގެ މެޑިކަލް އަދި ސާޖިކަލް ފަރުވާތައް ލިބެން އެބަހުރި، ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނެސްގެން އަމިއްލަ އަށް ތަންކޮޅެއް މަސައްކަތް ކޮށްލިޔަސް ގުދުރަތީ ގޮތުން އޮބީސިޓީ އިން އަރައިގަނެވޭނެ."

ސުދަރްޝަން އެސް އިތުރަށް ފާހަގަކުރި ގޮތުގައި އޮބޭސިޓީ ފަހަތަށް ޖައްސައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އާންމު ދިރިއުޅުމުގައި ހިމެނޭ ފަސް ލައިފްސްޓައިލަކަށް ބަދަލު ގެންނަން ޖެހެއެވެ. އެ ބަދަލުތަކަކީ:

ސިއްހަތަށް ފައިދާހުރި ކާނާ ކެއުން

ކާބޯހައިޑްރޭޓްސް، ހަކުރު އަދި ގަދައަށް ތެލުލާފައި ހުންނަ ކާ އެއްޗެހީގެ ބާވަތްތައް ހިމެނޭ ކާނާގެ ބާވަތްތަކުން ހޭލުންތެރިކަމާއެކު ދުރުހެލިވާން ޖެހޭކަން ސުދަރްޝަން ފާހަގަކޮށްފައިވެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްތައް ފޯރުކޮށްދިނުމަށްޓަކައި ތަރުކާރީގެ ތެރެއިން ފެހިކަން ގަދަ ފަތުގެ ބާވަތްތައް ގިނައިން ކެއުމަށް ވެސް އޭނާ ވަނީ ލަފާ ދީފައެވެ.

ކަސްރަތު ކުރުން

ދުވާލަކު އެންމެ މަދުވެގެން 45 މިނިޓު ކަސްރަތު ކުރުމަށް ހާއްސަ ކުރަންވާނެއެވެ. ކަސްރަތު ކުރުމުގެ ސަބަބުން ތިބާގެ މަސްތައް އުފުލި، ބަނޑުގެ ފެޓް ދަށްކުރުމަށް އެހީތެރިވެދެއެވެ. ކާޑިއޯ އާއި ވެއިޓް ޓްރެއިނިން އެކްސަސައިޒްތައް އެއްކޮށްގެން ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރަން ރަނގަޅު ގޮތެއް ކަމަށް ސުދަރްޝަން އިތުރަށް ބުނެފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުުމުން ދުރުހެލިވުން

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ވެސް ވަރަށް ގިނަ ބަލިތަކެއް ޖެހުމަށް މެދުވެރިވާ ކަމެކެވެ. 

7 ނުވަތަ 8 ގަޑިއިރުގެ ނިދި ހަމަކުރުން

މެޓަބޮލިކް ބެލެންސް އެއް ހާސިލްކުރުމަށާއި ދުވާލު ރަނގަޅަށް މަސައްކަތް ކުރުމަށް، އަހަރެމެންގެ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ނިދުމާއި އަރާމު ބޭނުންވެއެވެ.

ސްޓްރެސް އާއި ދުރުހެލިވުން

ސްޓްރެސްގެ ސަބަބުން ކެއުމާއި ދުރުހެލިވުމަށް މަގުފަހިވެއެވެ. ސުދަރްޝަން ލަފާ ދެއްވި ގޮތުގައި ސްޓްރެސްއާ މެދު އަމަލު ކުރާނެ އެހެން ގޮތްތައް އޮޅުން ފިލުވަން ޖެހެއެވެ. އޭގެ ތެރޭގައި މެޑިޓޭޝަން އާއި ޔޯގާ ވެސް ޕްރެކްޓިސް ކުރެވިދާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް