ads
ވ. ތިނަދޫއަށް ފޮނުވި އެމްބިއުލާންސް
ނުފޮނުވާށޭ ބުނެބުނެ އޮއްވާ ފޮނުވި އެމްބުއުލާންސް ގެނައިގޮތަށް އޮތްތާއޮވެ ދަބަރަށް!
ނުފޮނުވަން އެދި އެދި ތިއްބާ ރައީސް ޔާމީނުގެ ސަރުކާރުން، ވ.ތިނަދޫއަށް ފޮނުވި އެމްބިއުލާންސް ބޭނުމެއް ނުކޮށް އެގެނައިގޮތަށް އޮވެ ހަލާކުވާން ފަށައިފއިެވެ.

ވ.ތިނަދޫ ރައީސް ޝިފާގް ހުސައިން ސީއެންއެމްއަށް ވިދާޅުވީ އޭރުވެސް ތިނަދޫއަށް އެމްބިއުލާންސެއް ނުފޮނުވުމަށް މިރަށުގެ ރައްޔިތުން އެދުނު ކަމަށާއި އެހެންނަމަވެސް އެ އެމްބިއުލާންސް ސަރުކާރުން މިރަށަށް ފޮނުވާފައި ވާކަމަށެވެ.

"ޖެޓީން ބޭލި ގޮތަށް ހެލްތު ޕޯސްޓަށް ވެއްދީ . އެވެއްދި ގޮތަށް އޭތި އެތާނގައި އޮންނަނީ . ބޭނުމެއް ނުކުރޭ." ޝިފާގު ވިދާޅުވިއެވެ.

ތިނަދޫއަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކުޑަކުޑަ ރަށެކެވެ. އާބާދީގައި 200އެއްހާ މީހުން ރިކޯޑް ކުރެވިފައިވީ ނަމަވެސް ރަށުގައި ދިރިއުޅެނީ 60 އެއްހާ މީހުންނެވެ. އެހެންކަމުން ކުރިއަށް އޮތްތާނގައިވެސް ތިނަދޫގައި އެމްބިއުލާންސް ބޭނުން ނުކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.

your imageފޮޓޯ: ސީއެންއެމް

"ކޮބައިތޯ އެމްބިއުލާންސް ބޭނުން ކުރަން ޖެހޭ ސަބަބެއް. މިޔަރު ދަތްއަޅައިގެން މިރަށަށް ގިނައިން މީހުން ގެންނަނީ. ޖެޓީއާ ހިސާބުން ހެލްތު ޕޯސްޓަށް މީހާ ގެންދެވޭ އެމްބިއުލާންސަށް ވުރެ މާއަވަހަށް" އެމްބިއުލާންސް މިރަށަށް މުހިއްމު ނުވާ ސަބަބު ރައީސް ޝިފާގު ވިދާޅުވިއެވެ.

އެމްބިއުލާންސް ބޭނުންވާ ރަށްތައް ރާއްޖޭގައި އަދިވެސް މަދެއް ނޫނެވެ. ދާދިފަހުންވެސް ގދ.ފިޔޯރީގައި ރަށު ޕިކަޕްގައި ބަލިމީހަކު އުފުލާ މަންޒަރު އެފްބީ ގައި އެރަށު ކައުންސިލް ރައީސް ވަނީ ހިއްސާ ކޮށްފައެވެ. މިސަރުކާރުންވެސް ދަނީ ރަށްރަށަށް އެމްބިއުލާންސް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.

27%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް