ads
އެސްޖީ މުހައްމަދު ޔާމީން---
އެޗްއާރުސީއެމްގެ އެސްޖީ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ސެކްރެޓަރީ ޖެނެރަލް(އެސްޖީ)ގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އެޗްއާރުސީއެމްގެ އެސްޖީގެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީންގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމުން އޭނާ ވަނީ މިދިޔަ މަސްތެރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 

އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އެޗްއާރްސީއެމްއިން ވަނީ މިމަހުގެ 23 މޭ ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. އެސްޖީގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އުސޫލާއި، މަޤާމުގެ މަސްއޫލިއްޔަތު، އަދި އިޤްރާރް، އެމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުރިއިރު، ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެކޮމޝަނުން ބުނެއެވެ. އަދި އެމަގާމަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ފޯމު އީމެއިލް ވެސް ކުރެވޭނެއެވެ.

އެސްޖީއެއްގެ މުސާރައާއި އިނާޔަތްތައް:

  • މުސާރަ މަހަކު -/20500
  • ލިވިންގ އެލަވަންސް މަހަކު -/15000
  • ފޯނު އެލަވަންސް މަހަކު -/1000

އެސްޖީއެއްގެ މަޤާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 ން މެންދުރުފަހު 15:00 އެވެ.

މި މަޤާމަށް ހޮވޭ ފަރާތުން ތިން މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަން އޮންނައިރު، ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ފަސް އަހަރުގެ މުއްދަތަށް ވަޒީފާ ހަމަޖެއްސާނެއެވެ.

އެ މަޤާމުގެ އިންޓަވިއުއަށް ދެނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތައުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.

އެ ކޮމިޝަނުުން ބުނީ އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ މ. ޗަނބޭލީވިލާ/ ސްޓާ ކްލައުޑްސް ބިލްޑިން، 12 ވަނަ ފަންގިފިލާ ގައި ކަމަށާއި، ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ ކަމަށެވެ.

މިމަގާމަށް ކުރިމަތިލެވެނީ އުމުރުން 25 އަހަރާއި 55 އާ ދެމެދުގެ މީހުންނަށެވެ. އެއީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ބަޔާން ކޮށްފައިވެއެވެ. 

ކުރިން މިމަގާމުގައި ހުރި ޔާމީން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ސްލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް ނަމަވެސް އެމައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. 

އެޗްއާރުސީއެމްގެ އެސްޖީއަކަށް ޔާމީން ހަމަޖެއްސެވީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް