ads
ދެވަނަ ފިޔަވައްސަށް ހާއްސަކޮށް ގެނައި ބަސްތައް
ދެވަނަ ފިޔަވައްސަށް ހާއްސަކޮށް ބަސްތައް ގެނެސްފި، ދާއިމީ ހައްލެއް ލިބޭނެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަހުގެ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަސްތައް މިއަދު މާލެ ގެނެސްފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި ބަސްތަކަކީ ހުޅުމާލޭ ދެވަނަ ފިވައްސަށް ހާއްސަކޮށްގެން ގެނައި ބަސްތަކެއް ކަމަށެވެ. 

އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. 

ދެބަޔަކަށް ހުންނަ މި ބަސްތަކުގައިވެސް ވަނީ އޭސީކޮށްފަ އެވެ. އަލަށް ގެނައި މި ބަސްތަކުގެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގަ އެވެ. 

your imageހުޅުމާލެ ދެވަނަ ފިޔަވައްސަށް ހާއްސަކޮށް ގެނައި ބަސްތައް

އެމްޓީސީސީން ވަނީ މާލެ އާއި ހުޅުމާލެ އަދި ހުޅުމާލޭގެ ދެވަނަ ފިވަވައްސަށް ވެސް ބަހުގެ ހިދުމަތް ދޭން ފަށާފަ އެވެ. ނަމަވެސް ދެވަނަ ފިޔަވަހީން ސީދާ ބަހުގެ ދަތުރުތައް ނޯންނާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތައް އޮވެއެވެ.

އެމްޓީސީން ދަނީ އެކުންފުނިން ދޭ ހިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރަމުންނެވެ. އެގޮތުން މުޅި ރާއްޖެއަށް ހާއްސަކޮށްގެން ފަށާފައިވާ ކަނޑުދަތުރުފަތުރު ކުރުމުގެ ފެރީގެ ހިދުމަތުގެ އިތުން ރައްރަށުގެ ބަނދަރުގެ މަސައްކަތްތައް ހިމެނޭ ރައްޔިތުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ފޯރުކޮށްދެމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް