ads
ޔޫއޭއީގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު
ޔޫއޭއީގެ ރައީސް އަވަހާރަވެއްޖެ، 40 ދުވަސް ވަންދެން ދިދަ ބައިދަނޑިއަށް ތިރި!
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެ، 40 ދުވަސް ވަންދެން އެ ގައުމުގެ ދިދަ ބައިދަޑިއަށް ތިރިކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެެރޭގައި ހިމެނިވަޑައިގަންނަވާ، ނަހްޔާން މިއަދު އަވަހާރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރުވުމުންނެވެ.

އެއަށްފަހު 2014ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަނެ، ވެރިކަން އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަތް މައްޗަށް ދޫކުރެވިއެވެ. އެފަހުން ގައުމު ހިންގަވަމުން ގެންދަވަނީ ޝެއިހް މުހައްމަދު ބިން ޒައިދު އެވެ. ހަބަރުތައް ބުނާގޮތުން ގައުމުގެ ރައީސް ކަމަށް ދެން އައްޔަންކުރެވިގެން ދާނީވެސް އެމަނިކުފާނެވެ. 

 އެގައުމުގެ ގާނޫނުއަސާސީގައި ވާގޮތުން، 30 ދުވަހުގެ ތެރޭގައިި ޔޫއޭއީގައި ހިމެނޭ ހަތް އެމިރޭޓްސްގެ ގަވަރުނަރުން ހިމެނިވަޑައިގަންނަވާ ފެޑެރަލް ކައުންސިލަކުން އާ ރައީސަކު ކަނޑައަޅަން ޖެހޭއިރު، އެމުއްދަތުގައި ގައުމު ހިންގަވާނީ، ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އެވެ.

ޝެއިހް ހަލީފާގެ ވަކިވެދިއުމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން 40 ވަންދެން އެގައުމުގެ ދިދަ ހުންނާނީ ބައިދަޑިއަށް ތިރި ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް