ads
އިބްރާހީމް ސާއިލް: އަނިޔާ ލިބުނު ކުއްޖާ
ސާއިލް ގައިގައި ތެޅި ތަންތަން އަދިވެސް ހުރީ ކަޅުކޮށް: މަންމަ
ށ. މިލަންދޫ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ އިބްރާހީމް ސާއިލް ގައިގައި ތެޅިތަންތަން އަދިވެސް ހުރީ ކަޅުކޮށް ކަމަށް ސާއިލްގެ މަންމަ ބުނެފިއެވެ.

ސާއިލްގެ މަންމަ މަރިޔަމް އަގީލާ މިރޭ ސީއެމްއެމްއަށް ބުނީ އަދިވެސް ތެޅިތަންތަން ހުރީ ކަޅުކޮށް ކަމަށާއި، އޭނާގެ ގައިން އަދިވެސް ތަދު ނުކެނޑޭ ކަމަށެވެ. 

މިދިޔަ ބުދަދުވަހު ހިނގި މިހާދިސާގައި ، ސާއިލްއަށް އަނިޔާ ކުރުމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ކަންބޮޑުވި ކަމަށާއި، ޑޮކްޓަރު ދީފައިވާ ބޭސްތައް ދިނުމުން މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. 

"ޑޮކްޓަރު ވިދާޅުވީ ކޮންކަމެއްތޯ ކޮށްދޭންވީ. އަޅުގަނޑު ބުނިން ސިޓީއެއް ބޭނުމޭ. ދެން ސިޓީ ދިނީ" ސާއިލްގެ މަންމަ ކިޔައިދިނެވެ.

މިމައްސަލައާ ގުޅިގެން މިރޭ ޖެންޑާ މިނިސްޓްރީން އެރަށުގައި އުފައްދާފައިވާ "އިބަމަ" ކޮމިޓީގެ ބައްދަލު ވުމެއް ވަނީ ބާއްވާފައެވެ. ކައުންސިލުން ބުނީ އެމައްސަލަ ބެލުމަށްޓަކައި މާދަމާ ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ދާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

ސާއިލްއަށް އަނިޔާ ކޮށްފައިވަނީ ބުދަދުވަހު، ފުނަދޫއާއި މިލަންދޫ ބައްދަލު ކުރި ފުޓްބޯޅަ މެޗެއް ބެލުމަށް ސާއިލް އެސަރަހައްދަށް ގޮސް އުޅެނިކޮށް ކުދިންތަކެއް އައިސް އޭނާ ވަލަށް ވެއްދުމަށްފަހުއެވެ. 

ސާއިލްއާ ހަވާލާދީ މަންމަ އަގީލާ ބުނީ ވަލަށް ވެއްދުމަށް ފަހު ތަޅަންފެށީ ކަމަށެވެ. 

15%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
65%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް