ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ (ކ) އަދި ރައީސް ސޯލިހު (ވ) ސަލާމް ކުރައްވަނީ --
އިންޑިއާ އިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކޮށްފި
އަވަށްޓެރި އިންޑިޔާއިން ގޮދަން ފުށް އެކްސްޕޯޓް ކުރުން މަނާކޮށްފިއެވެ.

އިންޑިޔާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓްރީގެ ކުއްލި ނިންމުމަކުން ގޮދަން ފުށް އެކްސްޕޯޓް ކުރުން މަނާކުރިކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހުއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ، އިންޑިޔާގެ ބާޒާރުގައި ކާބޯތަކތީގެ އަގު އުފުލިގެން ދިޔުން ހުއްޓުވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އެ ގައުމުގެ އިންފްލޭޝަން ރޭޓް މިހާރުވަނީ ވޭތިވެދިޔަ ދިހަވަރަކަށް އަހަރުވެސް ނުދާހާ މައްޗަށް ގޮސްފައެވެ.

ސަރުކާރުގެ ކުއްލި ނިންމުމަކާއެކު ގޮދަން ފުށް އެކްސްޕޯޓް ކުރުން އާއްމުކޮށް މަނާކުރި ނަމަވެސް، ހާއްސަ ހުއްދަތަކެއްގެ ތެރެއިން ކަނޑައެޅޭ ވަކި ގައުމުތަކަކަށް ގޮދަން ފުށް އެކްސްޕޯޓް ކުރެވޭނެ ކަމަށް އިންޑިޔާ ސަރުކާރުން ހާމަކުރިއެވެ. އެއީ އިންޑިޔާއާ އެކުވެރި ގައުމުތަކުގެ ރެރެއިން އިންޑިޔާއިން ފުޑް ސެކިއުރިޓީގެ އެހީއަށް އެދޭ ގައުމުތަކާއި އަދި ކުރިއްސު ގޮދަން ފުށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުންތައް ހަދާފައިވާ ގައުމުތަކެވެ.

ރާއްޖެއަކީ އިންޑިޔާއިން ގޮދަން ފުށް އެތެރެ ކުރާ ގައުމެކެވެ. އިންޑިޔާގެ މި ކުއްލި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް