ads
ޝޭޑީކެބިންގެ ވެރިޔާ ތައުފީގު އާއިލާ އާއި އެކު
ވިޔަފާރިވެރިޔާ ޝޭޑީ ކެބިން ތައުފީގް އަވަހާރަ ވެއްޖެ
ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގް (ޝޭޑީ ކެބިން ތައުފީގް) މިއަދު އަވަހާރަ ވެއްޖެ އެވެ.

ތައުފީގު އަވަހާރަވިއިރު އުމުރުފުޅަކީ 66 އަހަރެވެ. އަވަހާރަވެފައި ވަނީ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށްނެވެ.

ތައުފީގަކީ ތަކެތި ކުއްޔަށް ދިނުމުގައި ރާއްޖޭގައި އެންމެ ނަން މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. 

އަމިއްލަ ބޭފުޅުންގެ އިތުރުން އެ އާއިލާގެ އެހެން ބޭފުޅުން ވެސް ޕައިލެޓް ކަމުގެ ދާއިރާ އަށް ނެރުއްވައިގެން ވެސް ހޯދާފައިވާ ކާމިޔާބީގެ ސަބަބުން ވެސް ތައުފީގު ވަނީ ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފަ އެވެ. މިހާރު ވެސް ޝޭޑީ ކެބިންގެ އާއިލާ އަށް ނިސްބަތްވާ 15 ވަރަކަށް ޕައިލެޓުން އުޅެ އެވެ.

މާލޭގައި އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާކުރައްވައި އަދި ގިނަ ބަޔަކަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ޝޭޑީ ކެބިން ތައުފީގް 2015 ގެ ފަހުން އުޅުއްވަނީ އާލާސްކަންފުޅެއްގަ އެވެ.

އަވަހާރަވިއިރު، އަނބިކަނބަލުންނާއި ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

ތައުފީގް އިސްވެ، ޝޭޑީ ކެބިން އާއިލާގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފުރަގަހުގައި އިމާރާތްކުރި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީނަކީ މާލޭގައި އެންމެ ރީތި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް