އިންތިގެ ކެމްޕެއިން މެނޭޖަރު ސީއެންއެމްއަށް ވިދާޅުވީ، ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާކަން ފާހަގަކުރެވުނީ، ވޯޓުގުނަމުންދަނިކޮށް ކަމަށާއި، މައްސަލަ ހުށަހަޅާފައިވާ ކަމަށެެވެ. އަދި އައިޑީކާޑު ގަތުމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ހުރި ރ.މަޑުއްވަރީ ދާއިރާ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓުއެޅި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އިންތިގެ ޓީމުން ބުނީ، އެއްކޮށް ފަތްޖަހާފައިވާ ގިނަ ވޯޓު ކަރުދާސް އަޅާފައިވާ ކަމަށާއި އެ ފޮއްޓަކީ ވޯޓުލުން ހުއްޓުވަން އެދިފައިވާ ފޮއްޓެއް ކަމަށެވެ.
އެ ސަރަހައްދުގެ މަޝްރަހު މިހާރު ވަނީ ހޫނުވެފައެވެ.