 
                                                                                                
                    އައްމަޓީ އަލުން ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް ބުނެ ހައިކޯޓުން ހުކުމް ކުރީ ހައިކޯޓުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ، ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ. ދެން ތިއްބެވީ މުހައްމަދު ފައިސަލް އަދި ފާތިމަތު ފަރުހީޒާއެވެ.
އައްމަޓީ ދޫކޮށްލި އަމުރު ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅި ނަމަވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހައިކޯޓުގެ އަމުރަށް އޭނާ ހައްޔަރުކޮށްފައިވެއެވެ. އެކަމަކު މިދިޔަ މާރިޗު މަހުން ފެށިގެން އައްމަޓީ ހުރީ ދޫކޮށްލާފައެވެ.