ads
ރައީސް ޔާމީން
ބަލާ ފާސްކުރުމުގެ އަމުރެއް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފި
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަލާފާސްކުރުމުގެ އަމުރެއް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ރައީސް ޔާމީންގެ ފަރާތުން، ބަލައި ފާސްކުރުމުގެ މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ މިއަދުއެވެ. އެހެންނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ހައިކޯޓަށް އަދި ބަލައިގަނެފައެއް ނުވެއެވެ.

މިއީ ކޮން މައްސަލައެއް ކަމެއް ހައިކޯޓުން ހާމަކޮށްފައެއްވެސް ނުވެއެވެ. ރައީސް ޔާމީންގެ ފަރާތުންވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލަށް ރައްދުވާ ގޮތަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި މިވާ މައްސަލައާ ގުޅޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް އެއްވެސް މައުލޫމާތެއް އަދި ހާމަ ނުކުރެއެވެ.

ރައީސް ޔާމީންގެ ފަރާތުން ބަލައި ފާސްކުރުމުގެ އަމުރެއް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ކުރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ދެ މައްސަލައެއް މިހާރުވެސް ހިނގަމުން އެބަދެއެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަލަށް ލާން ހުކުމްކޮށް، އަދި ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށްފައިވާ ހުކުމެއް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް