ads
ފ.އަތޮޅު ހޮސްޕިޓަލް
ފ.އަތޮޅު ހޮސްޕިޓަލުން އަވަސް ފަރުވާދޭން ފަސް ގަޑިއިރު: ބަލިމީހާ ނިޔާވެއްޖެ!
ފ.އަތޮޅު ހޮސްޕިޓަލަށް އިއްޔެ ހަވީރު ގެންދިޔަ ހާލު ބޮޑު ބަލީމަހަކަށް އަވަސް ފަރުވާ ދިނުމަށް 5 ގަޑީރަށްވުރެ ގިނަ ވަގުތު ހޭދަވެ އަވަސް ފަރުވާ ނުދެވުމުގެ ސަބަބުން ނިޔާވެއްޖެ އެވެ.
Advertisement

ކުއްލިއަކަށް ހާލުދެރަވި މި މީހާ ނިޔާވެފައިވަނީ ރޭ ފ. ނިލަންދޫއިން ފުރައިގެން މާލެ ގެނައުމުގެ މަގުމަތީގައި ކަނޑުމަތިންނެވެ. 

ނިޔާވެފައިވަނީ ނިލަންދޫ ނަރުގިސްވިލާ އިސްމާއީލް ނަސީރު ނަމަކަށް ކިޔާ ދެބައި އުމުރުގެ (ސީދާ އުމުރު އަދި ސާފެެއް ނުވޭ) މީހެކެވެ.

މި ހާދިސާއާއި ބެހޭގޮތުން ސީއެންއެމްއަށް މައުލޫމާތުދެއްވަމުން ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޙަލީލް މިއަދު ވިދާޅުވީ ބަލިމީހެއްގެ ހާލަތު ސީރިއަސްވުމާޢި ގުޅިގެން އެ ހޮސްޕިޓަލަށް ގެނައިކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރު ކަމަށެވެ. 

ޙަލީލް ވިދާޅުވީ ބަލިމީހާގެ ހާލަތު ސީރިއަސް ހާލަތުގައި އޮތުމުން ވަގުތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން މަަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަލިމީހާ އަވަސް ފަރުވާއަށް މާލެ ފުރުވާލުމަށް އާސަންދައިގެ ހުރިހާ ކަމެއް 18:30 ހާއިރު ނިންމާފައިވާ ކަމަށެވެ. 

" ބަލިމީހާގެ ހާލަތު ގޯސްވުމުން ހޮސްޕިޓަލުން ހަމަ ދެވެންހުރި ހުރިހާ ފަރުވާއެއްވެސް ދީފިން. ގެނައިތާ ގަޑީރެއް ނުވަނީސް އާސަންދައިގެ ހުރިހާ ކަމެއްވެސް ނިންމައިފިން. " ހަލީލް ވިދާޅުވި އެވެ.

މިފަދަ އެމެޖެންސީ ހާލަތްތަކުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާ ހޯއްދަވައިގެން އިތުރު ފަރުވާ ހޯއްދަވާކަން ފާހަގަކުރައްވަމުން ޙަލީލް ވިދާޅުވީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމަ ކުރުމަށްފަހު ބަލިމީހާ ފުރުވާލުމަށް 20:30 ގައި ތައްޔާރުކޮށްފައިވާ ކަމަށެވެ. 

" އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ (ހިތުގެ ބައްޔަށް ހާއްސަ ޑޮކްޓަރުންގެ ޓީމު) ލަފާގެ މަތިން ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީވެސް. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން. " ހަލީލް ވިދާޅުވި އެވެ.

ޙަލީލް ވިދާޅުވީ ބަލިމީހާ ފުރުވާލާފައިވަނީ ރޭ ދ.ކުޑަހުވަދޫއިން ސީއެމްބިއުލައިންސް އެއް ގެނެސްގެން ރޭ 20:53 ހާޢިރު ކަމަށެވެ. 

" މިކޮޅުން ފުރިއިރުވެސް ޑޮކްތަރުން ތބީ ހަމަ ހާސްކަމުގަ. ލޯންޗަށް އެރުވިން އައިސީޔޫ ކިޓުވެސް އެހެން ދަތުރުތަކަށްވުރެ ގިނައިން ރަަގަޅަށް. " ހަލީލް ވިދާޅުވި އެވެ.

ނަސީރު ނިޔާވެފައިވަނީ ރޭ 11:15 ހާއިރު އެވެ. “ސީއެންއެމް”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.  

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް