ads
ސާއިލް އަށް އަނިޔާ ކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ސާއިލްއަށް އަނިޔާ ކުރި ކުދިންނަށް އެއްވެސް ފިޔަވަޅެއް ނާޅާ: މިލަންދޫ ސްކޫލް
ށ. މިލަންދޫ ސްކޫލްގެ ގްރޭޑް ހަތެއްގައި ތައުލީމް ހާސިލް ކުރަމުންގެންދާ ދަރިވަރު އިބްރާހީމް ސާއިލް އަށް އަނިޔާކުރި ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެސްކޫލުން ބުނެފިއެވެ.
Advertisement

އެސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް އާދިލް ސީއެންއެމްއަށް ވިދާޅުވީ ޖެންޑަ މިނިސްޓްރީއާއި ޕޮލިހުން އެމައްސަލަ ބަލަމުން ގެންދާތީ އެސްކޫލުން މިހާތަނަށް އެކުދީންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.

"ކުޑަކުދީންނާ ބެހޭ ގާނޫނުތައް އޮންނަގޮތުން އަޅުގަނޑުމެން ވަކި ގޮތަކަށް އަމަލު ކޮށްފި ނަމަ އަޅުގަނޑުމެންވެސް ކުށްވެރިވޭ. އަޅުގަނޑުމެން މިނިސްޓްރީން އަންގަމުންދާ ގޮތައް ބަލަމުން މިދަނީ. އަދި މިހާތަނަށް ފިޔަވަޅު އަޅާފައި ނުވޭ" ޕްރިންސިޕަލް ވިދާޅުވިއެވެ. 

ށ. މިލަންދޫ ސްކޫލްގެ ކުދީންތަކެއް ސައިލްއަށް އަނިޔާ ކޮށްފައިވަނީ މިދިޔަ ބުދަދުވަހު ފުނަދޫއާއި މިލަންދޫ ވާދަކުރި ފުޓްބޯޅަ މެޗެއް ބަލަން ގޮސް ހުއްޓާ އަންނާށޭ ކިޔާފައި ސާއިލް ވަލަށް ވެއްދުމަށް ފަހު އެވެ.

ސާއިލްގެ މަންމަ މިއަދު ބުނީ ސާއިލް މިހާރު ސްކޫލަށް ދާ ކަމަށާއި، ތަޅާފައި ހުރި ތަންތަން އަދިވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ބުނީ އެމައްސަލަ ދޫ ނުކުރާނެ ކަމަށާއި، ދަރީން ގައިގައި އެއްވެސް މީހަކު ތަޅައިގެން ނުވާނެ ކަމަށާއި އަމިއްލައަށްވެސް ދަރީން ބޮޑުކުރަނީ ތަޅައިގެން ނޫން ކަމަށެވެ. ސާއިލްގެ މަންމަ ކުރިން ބުނީ ސާއިލްގައިގައި ތަޅަން ޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށެވެ.

މިލަންދޫ ކައުންސިލަުން މިއަދު ބުނީ އެރަށަށް ދާން އޮތް ޖެންޑާ މިނިސްޓްރީގެ ޓީމް، ވިއްސާރަ ވުމުގެ ސަބަބުން އެރަށަށް ދިއުން ލަސްވެފައިވާ ކަމަށާއި، އެހެންނަމަވެސް މިއަދު އެޓީމް އެރަށށް ދާނެ ކަމަށެވެ. 

" މިހާރު ފުނަދޫގައި ޓީމް އެބައޮތްކަމަށް ވަނީ . މިއަދުގެ ވަގުތެއްގައި މަިތރަށަށް އަންނާނެ" ކައުންސިލް ރައީސް އަބްދުﷲ އާތިފް ވިދާޅުވިއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް