ads
ފައްޔާޒް އިސްމާއީލް: އުފާ ފާޅުކުރުން
ބޭބެގެ ފަރާތުން އުފަންދުވަހުގެ ހަދިޔާއަކަށް އެމްޑީޕީގެ ޗެއާޕާސަންކަން
މިއަދަކީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އުފަންދުވަހެވެ.
Advertisement

އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ ނުފޫޒުގަދަ މަގާމު {ޗެއާޕާސަން} ކަމުގެ މަގާމު ފައްޔާޒް އިސްމާއީލް ހޯދާފައިވަނީ ވަރަށްވެސް ގިނަ ބައެއްގެ ތާޢީދާއެކުގަ އެވެ. މިވަރުގެ ބޮޑު އިންތިހާބަކުން ކުރި ހޯދާފައިވަނީ ވަރަށްވެސް ތަފާތު ބޮޑުކޮށެވެ. 

ފައްޔާޒްގެ އުފަންދުވަހާއި ނިމިގެން މިދިޔަ ޗެއާޕާސަން ކަމުގެ އިންތިހާބާއި ގުޅުވައިގެން ފައްޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ ފައްޔާޒަށް ދިނީ ތަފާތު ހަދިޔާ އެކެވެ. "އުފަންދުވަހުގެ ހަދިޔާއަކަށް ޗެއާޕާސަން" ކަމެވެ. 

މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއީލް ސީއެންއެމްއަށް ވިދާޅުވީ ފައްޔާޒުގެ އުފަންދުވަހަށް ތައްޔާރުވުމަށް އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބުގައި ވަރަށް ބުރަކޮށް އަވަދިނެތި މަސައްކަތް ކުރި ކަމަށެވެ. 

" ފައްޔަގެ އުފަންދުވަހަށް ވަރަށް ތައްޔާރުވިން. ހާއްސަކޮށް މި ފެެމެލީއަށްވެސް އުފާވެރިކަން ލިބުނު ދުވަހެއް މީ. ޗެއާޕާސަން ކަން ލިބުން މީ ހަމަ އުފަންދުވަހުގެ ހަދިޔާއަކަށް ފުދޭނެނެ ވަރުގެ ހަދިޔާއެއް ދެއްތޯ. " އިބްރާ ވިދާޅުވި އެވެ. 

your imageފައްޔާޒް އިސްމާއީލްގެ ބޭބެ އިބްރާހިމް އިސްމާއީލް

ފައްޔާޒްގެ އުފަންދުވަސް ފާހަގަކުރުމަށް އެމްޑީޕީން ވަނީ ރޭގައި ކޭކު ފެޅުމުގެ ހާއްސަ ހަފްލާއެއްވެސް ބާއްވާފަ އެވެ. އެމްޑީޕީން ބޭއްވި ފައްޔާޒުގެ އުފަންދުވަސް ފާހަގަކުރުމުގެ ހަފްލާ އޮތީ އެޕާޓީގެ އޮފީހުގަ އެވެ. 

ފައްޔަގެ އުފަންދުވަހުގެ ކޭކު ފެޅުމުގެ އިތުންވެސް ރޭ ވަނީ ފައްޔާޒަށް އަދި އެމްޑީޕީއަށްވެސް އިތުރު އުފާވެރިކަމެއް ލިބިފަ އެވެ. ޗެއާޕާސަން އިންތިހާބުގައި ވާދަކުރި އަނެއް ކެންޑިޑޭޓުގެ ރަނިންމޭޓު ނުވަތަ ކުރީގެ ރައީސް ނަޝީދާއި ބައްދަުކުރެއްވުމެވެ. 

އެމްޑީޕީގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި "ހޫނުކޮށް" ދިޔަ މި އިންތިހާބުގައި ރައީސް ނަޝީދު ހުންނެވީ ފައްޔާޒްގެ ޓީމަކު ނޫނެވެ. އިންތިހާބުގެ ދުވަސްވަރު އެކިކަހަލަ ބަހުގެ ހަމަލާތައްވެސް ރައްދު ކުރި އެވެ. ނަމަވެސް އިންތިހާބުގެ ހުރިހާ ކަމެއް ނިމުމުން ރޭ ވަނީ ރަސްމީކޮށް އެޕާޓީގެ އޮފީހުގައި ބައްދަލުކުރުމެއް ބާއްވާފަ އެވެ. 

your imageރައީސް ނަޝީދު ފައްޔާޒް އާ ބައްދަލުކުރައްވަނީ 

އެންމެތާރީހީ ކަންކަންވެސް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގައި ހިމެނޭ އެމްޑީޕީ ބައިބައި ވުމަށް ދެކެވޭ ވާހަަކަތަކަށް ރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދު ޖަވާބު ދެއްވި އެވެ. 

ގިނަ ދުވަސްތަކެއް ވަންދެން ސީދާ ރައީސް ނަޝީދުގެ "މޯހިރުން" އެމްޑީޕީ ހިންގާލާފައިވަނީ އެންމެ އެކުވެރި އެއްރޫހެއްގައި މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގަ އެވެ. އިންތިހާބުގެ ފޯރީގައި ދެބަސްވުން އޮތްނަމަވެސް މިއަދު މިވަނީ ކުރީގެ ހާލަތައް ބަދަލުވެ އެމްޑީޕީއަށް އަލުން އާ އުފާވެރިކަމެއް ގެނެސްދީފަ އެވެ. 

އެންމެން އެކީ "އެމްޑީޕީ ހިންގާލަން" މިވަނީ ފައްޔާޒަށް ލިބިފަ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް