ads
ކޮރޯނާ ވައިރަސް ޖެހުނު މީހަކަށް ފަރުވާދެނީ--
ކޮރޯނާ ވައިރަހުގައި އެއް ދުވަސް ތެރޭގައި 97 މީހަކު މަރުވެއްޖެ
ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން އިއްޔެ އެކަނި ވެސް ޗައިނާގައި 97 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި، ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 900 އަށް ވުރެ މައްޗަށް އަރާފަ އެވެ. މިއީ 2003 ވަނަ އަހަރު ހަލުވިކަމާއެކު ފެތުރުނު ސާސް ރޯގާގައި މަރުވި އަދަދަށް ވުރެ އިތުރު އަދަދެކެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ކޮރޯނާ ވައިރަހުގައި އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެ އެވެ. 

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އުޅެނީ 40,553 ގައެވެ. 

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނިގެންދިޔައިރު މި ބަލީގެ ނުރައްކާ މިހާރު ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވެފަ އެވެ. އެގޮތުން 25 ގައުމަކުން މިބަލި ޖެހިފައިވާ މީހުން ފެނިފައިވެ އެވެ. މިހެންވެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ. 

މި ބަލި ފެތުރެން ފެށިފަހުން ޗައިނާއަށް ދަތުރުކޮށްފައިވާ މީހުން، ރާއްޖެއިން ވެސް ކަރަންޓީން ކުރަމުން އަންނައިރު ރާއްޖެއެކޭ އެއްގޮތަށް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ޗައިނާއަށް ކުރާ ދަތުރުތައް ވެސް މެދުކަނޑާލާފަ އެވެ. އަދި ބަލި ފެތުރެމުންދާ ގައުމުތަކަށް ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް ވެސް ސަރުކާރުން ދަނީ އިލްތިމާސް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް