
ވިލިމާލޭ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓު މަރިޔަމް ނާޒިމާއަށް ލިބުނީ ޖުމްލަ 359 ވޯޓެވެ. މި އިންތިހާބުގައި ނާކާމިޔާބު ލިބުނު އެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާ އަށް ލިބުނީ ޖުމްލަ 358 ވޯޓެވެ.
މި އިންތިހާބުގެ ވޯޓު އަލުން ގުނާފައި މިވަނީ ވޯޓު ގުނުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެމްއެންޕީން ރަސްމީކޮށް އިލެކްޝަން ކޮމިޝަނުގައި މި އިންތިހާބުގެ ވޯޓު އަލުން ގުނައި ދިނުމަށް އެދިފައިވުމުންނެވެ.
ނަމަވެސް މި އިންތިހާބުގެ ވަގުތީ ނަތީޖާ އާއި ވޯޓު އަލުން ގުނުމުން އައި ނަތީޖާވެސް ހަމަ އެއްގޮތެވެ. އެއްވެސް އިތުރު ބަދަލެއް އައިސްފައެއް ނުވެ އެވެެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ސީއެންއެމްއަށް ކުރިން ވިދާޅުވީ މި އިންތިހާބުގެ ވޯޓު ގުނިއިރު ބާތިލް ވޯޓާއި، ވޯޓު ކަރުދާހުގެ ގޮޅިން ބޭރުގައި ފާހަގަ ޖަހާފައިވާ ބައެއް ވޯޓުތަކުގެ މައްސަލަ އެމްއެންޕީން ފާހަގަކޮށްަފައިވާ ކަމަށެވެ.
މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.