ads
ދަމުންދަނީ އުމުރުން 34 އަހަރުގެ ކ. މާލެ / މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު
މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ
ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. އާންމު މަސްލަހަތަށް ގެއްލުން ހުރި އަަމަލު ކުރި މީހަކު ހޯދަނީ

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ އުމުރުން 34 އަހަރުގެ ކ. މާލެ / މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު އެވެ.

އަބްދުލްޣައްފާރު އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގި ކަމަށް ބުނާ މީހަކު ހޯދަން ފުލުހުން އިއުލާންކުރިއިރު، އެ އަމަލަކީ ނުވަތަ އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއެވެ. 

މިދަނޑިވަޅަކީ މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ދަނޑިވަޅެކެވެ. އެކަން ކުރާ ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް މީގެ ކުރިން ވަނީ ބުނެފައެވެ. 

ހޯދަން އިއުލާންކޮށްފައިވާ މީހާއަކީ އެފަދަ މައްސަަލައެއްގައި ހޯދަމުންދާ މައްސަލައެއްތޯ އެހެމުން ވެސް ފުލުހުން އެއަކަށް މިހާތަނަށް ޖަވާބު ދީފައެއް ނުވެއެވެ.

އިންޑިއާ އައުޓަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ފުލުހުުންގެ މައްޗަށް އަމުރު ނެރެފައިވާތީ އެކަން ފުލުހުން ދަނީ ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް