ads
ކުޅުދުއްފުށީ އެއާޕޯޓް ފޮޓޯ އެއްބެ
ކުޅުދުއްފުށީ އެއާޕޯޓު ހުއްޓިދާނެ، މި ވިއްސާރައިގައިދަނީ ހަލާކު ވަމުން: މެންބަރު
ހދ. ކުޅުދުއްފުށީ އެއާޕޯޓު މިވިއްސާރައިގައިވެސް ހަލާކުވަމުން އެބަދާ ކަމަށާއި، އެއާޕޯޓޫ ހުއްޓުމަކާ ހަމައަށްވެސް އައިސްދާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލޫހުގެ ޖަލްސާގައި ވާހަކަ ޕްލޭނިން މިނިސްޓަރު މުހައްމަދޔު އަސްލަމްއާ ކުރެއްވި ސުވާލުގައި އޭނާ ވިދާޅުވީ ކުޅުދުއްފުއްޓަކީ ރާއްޖޭގައި މިހާރު އެންމެ ޑިމާންޑް ބޮޑު އެއާޕޯޓު ކަމަށާއި، އޭގެ އިތުރުން ކޮންމެ ދުވަހަކުހެން ބަލިމީހުން މާލެއަށް ވެސް ގެންނަ އެއާޕޯޓެއް ކަމަށެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓު ހަލާކުވެފައިވަނީ އެ އެއާޕޯޓު ހެދުމުގައި އިހުމާލު ވެފައިވާތީ ކަމަށާއި، އެކަން ހައްލު ކުރުމަށް އެމްޓީސީސީއާއެކު މިހާރު މަސައްކަތް ކުރައްވޗަމުން ގެންދަވާ ކަމަށެވެ. 

your imageކުޅުދުއްފުށީ އެއާޕޯޓު

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ މިހާރު އެ އެއާޕޯޓުގެ ފެންސްގެ ބޮޑު ބައެއް އައރިއަޅާލާފައިވާކަމަށާއި، ގިރަމުން ގިރަމުން އައިސް ތާރުގަނޑާ ހަމައަށް އައިސްފި ނަމަ ބޭނުން ނުކުރެވޭ ހާލަތަށް އައިސްދާނެ ކަމަށެވެ. 

"ބޭނުން ނުކުރެވޭ ހާލަތަށް އައިސްދާނެ ތާރުގަނޑާ ހަމައަށް އައިސްފިނަމަ. އެޖކަމަކު މިހާރު އެމްޓީސީސީން މަސައްކަތް ކުރައްވަމުން ދަނީ" ދާއޫދު ވިދާޅުވިއެވެ. 

ކައުންސިލުން ބުނީ އެމައްސަލަ މިހާރު ދިމާވަމުން އަންނަނީ ކުރިން އެއާޕޯޓް ހެދި އިރު އީއައިއޭ ރިޕޯޓުގައި އޮތް ގޮތާ ހިލާފަށް ބޮޑު ހިލައިގެ ބަދަލުގައި ކުދި ހިލަތަކެއް ޖަހައިގެން މަސައްކަތް ކޮށްފައިވާތީއެވެ. ކައުންސިލުން ބުނީ އީއައިއޭ ރިޕޯޓުގައި އޮތްގޮތުން ނަމަ ޖަހަންޖެހެނީ ބޮޑު ހިލައެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް