ads
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ކުޑަ ދެ ކުދިންގެ ވީޑިއޯ ހުށަހަޅާފައެއް ނުވޭ: ޖެންޑާ މިނިސްޓްރީ
ކުޑަ ދެ ކުދިންގެ ގައިގޯޅި މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ނަމަވެސް އެއްވެސް ފަރާތަކުން އެ ވީޑިއޯ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ކުޑަ ދެ ކުދިންގެ ގައިގޯޅި މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތުތަކެއް ކުރަމުންދާ ވަގުތެއްގަ އެވެ. 

މި ވީޑިއޯއާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ މި ވީޑިއޯއާ އެކު ކުޑަ ދެ ކުދިންގެ މައްސަލަ މިމަހުގެ ކުރީކޮޅު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. 

ކުޑަ ދެ ކުދިންގެ ވީޑިއޯއާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އެއްވެސް ފަރާތަކުން މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ވެސް އެ ވީޑިއޯ ލިބިފައިވަނީ އެ ވީޑިއޯ އާންމުވި ކަމަށް ފާހަގަކުރެވުނު ދުވަސް ކަމުގައިވާ މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ އިން ކަމަށްވެސް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ޖެންޑާ މިނިސްޓްރީން އިތުރަަށް ބުނީ މި ވީޑިއޯ އާންމުކުރި މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުންދާތީ މިމައްސަލަ ހުރަސްއެޅޭ ކަހަލަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

ފުލުހުން ބުނީ ކުޑަ ދެ ކުދިންގެ ގައިގޯޅި މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެން އެކަން ކުރި ފަރާތެއް ހޯދަމުންދާ ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅޭ މިފަދަ ވީޑިއޯތަކާއި އެހެންވެސް މައުލޫމާތު ހާމަނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ގެއެއްގެ ބެލްކަނީގައި ކުޑަ އަންހެން ކުއްޖަކާއި ކުޑަ ފިރިހެން ކުއްޖަކު ވަރަށް ބޮޑަށް ގައިގޯޅިވާ މަންޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް