ރޭގެ "އިންޑިއާ އައުޓް" އިހުތިޖާޖުވެސް ފުލުހުން ހުއްޓުވާފައިވާއިރު، އެ އިހުތުޖާޖުގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ރޭ އިންޑިއާ އައުޓް އިހުތިޖާޖެއް ބާއްވާފައިވަނީ، ޕީޕީއެމް އޮފީސް ދޮރުމަތީގައެވެ. އެއަށްފަހު އިހުތިޖާޖުގެ ބައިވެރިން އަޑުއުފުލަމުން މަގުން ކުރިއަށްދާން ފެށުމުން ފުލުހުން ވަނީ މުޒާހަރާ ހުއްޓުވާން މަސައްކަތްކޮށްފައެވެ.
އަދި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވަރަށް ކައިރިން ޕެޕާ ސްޕްރޭ ޖަހުމުގެ ސަބަބުން ދެމީހަކު ވަގުތުން ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރާ މަންޒަރުވެސް މުޒާހަރާގެ ތެރެއިން ފެނުނެވެ. ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ދެ މީހަކަށް ރޭ ހޮސްޕިޓަލުގައި ފަރުވާދިން ކަަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދުވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.