ads
މުއާ އަދި އައްޒަ
މުއާ އަކީ އިޖާބަކުރެއްވި ބޮޑު ދުއާއެއް: އައްޒަ
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި ފިލްމީ ތަރި މުއާޒް އަބްދުﷲ އަކީ ފިލްމީ އިންޑަސްޓްރީގެ އެންމެ ލޯބި ކަޕަލްއިންގެ ތެެރޭގަައި ހިމެނޭ ދެމަފިރިން ނެވެ.

މިފަހުން ބައިސްކޯފް ޝޯއަށް ދިން އިންޓަވިއުއެއްގައި އައްޒައަށް އޭނާގެ ކުރީގެ ފިރިމީހާ ޖުމާ އާއި މިހާރުގެ ފިރިމީހާ މުއާގެ މެމޮރީ ބުކެއް ހެދުމުގައި އެހީތެރިވާން ޖެހުނެވެ. އެ މެމޮރީ ބުކުގައި ވަނީ އައްޒައާއިއެކު ޖުމާއާއި މުއާ ނަގާފައިވާ ފޮޓޯތަކެވެ. 

އައްޒަ ބޭނުން ފޮޓޯތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބުމުން މުއާ އާއެކު އިން އެންމެ ހާއްސަ ފޮޓޯގަނޑެއްގެ ގޮތުގައި އަދި ހަނދާނީ ފޮތެއްގައި ކޮންމެހެން އޮންނަން ޖެހޭނެ ފޮޓޯގަނޑެއްގެ ގޮތުގައި އައްޒައާއި މުއާ ވެސް ފާހަގަކުރީ، ދެމީހުން އެކީ އެންމެ ފުރަތަމަ ކުޅެފައިވާ "ކިޔާދޭނަމޭ ހިތް އެދޭހާ" މި ލަވައިގެ ފޮޓޯގަނޑެެކެވެ. 

އެ ފޮޓޯ ހާއްސަވާ ސަބަބު ކިޔާދެމުން އައްޒަ ބުނީ، އެ ލަަވައަކީ އޭނާ ފިލްމީ އިންޑަސްޓްރީއަށް ނިކުމެ ކުޅުނު ދެވަނަ ލަވަކަމަށާއި، އެ ލަވަ ކުޅެދިނީ މުއާ އަށްޓަކައި ކަމަށެވެ. އަދި އެލަވައިގެ ލިރިކްސް އަކީ އައްޒައާއި މުއާގެ ދިރިއުޅުމާއި ހުރިހާ ގޮތަކަށް ގުޅޭ ލިރިކްސް އެއް ކަމަށް ވުމުން އެލަވަ ވަކިން ބޮޑަށް ހާއްސަ ވާކަމަށް އަައްޒަ ބުންޏެވެ. 

"ލިރިކްސް ހަމަ ވަރަށް ގުޅޭ، ދެ ހިތެއް ލޯބިން މިގުޅުނީ ތަގުދީރުގައި ލިޔެފައިވާތީ، އެކުގާ އުޅެން މިލިބުނީ އެކަމަށް ދުއާކޮށް ހެދީތީ. އައި ޕްރޭއިޑް ސޯމަޗް ފޮޔޫ. ވަރަށް ބޮޑު ދުއާއެއް އިޖާބަ ކުރައްވާފަ ތީ ދީ" އައްޒަ މުއާގެ ކޮލުގައި ފިރުމާލަމުން ބުންޏެވެ.

މުއާ ވަނީ ދުއާ ކުރީ އޭނާ ކަމަށާއި، އައްޒަވެސް ދުއާކުރިންތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް އައްޒަ ބުނީ ވަރަށް ބޮޑަށް ދުއާ ކުރިން ކަމަށެވެ.

މީގެ ކުރިން ބައިސްކޯފަށް މުއާ ދިން އިންޓަވިއުއެއްގައި މުއާ ވެސް ވަނީ އައްޒައަކީ ކުރި ދުއާއެއްގެ ނަތީޖާ ކަމަށް ބުނެފައެވެ. 

މުއާ ބުނީ އައްޒައަކީ އޭނާ ވަރަށް ލޯބިވާ ވަރަށް ކުރިންސުރެވެސް ހާސިލުކުރަން އަޒުުމު ކަނޑައެޅި ޓާގެޓެއް ކަމަށާއި، ޔާރާ ލަވައިން ފެށިގެން އައްޒަ އަކީ ހާސިލްކުރަން އަޒުމް ކަނޑައެޅި ވަރަށް ބޮޑު ޓާގެޓެއް ކަމަށެވެ. 

މުއާ ވަނީ އައްޒައަށް އޭނާގެ އެއްވެސް ގޯސް ސިފައެއް ޓޮލަރޭޓުކުރަން ނުޖެހޭނެކަން ވަރަށް ޔަގީންވާ ކަމަށް ބުނެފައެވެ. އަދި އައްޒައަށްޓަކައި ވަރަށް ބައިވަރު ބަދަލުގެނައި ކަމަށާއި، އޭގެތެރޭގަައި މީހާގެ އުޅުމާއި، އުޅުމަށް އެހާ ބޮޑު ބަދަލެއް ގެނެއުން އެއީވެސް ވަރަށް ބޮޑު ކަމެއް ކަމަށް ބުނެފައިވެއެވެ.

އައްޒަވެސް ވަނީ މުއާ އައްޒައަށްޓަކައި މުޅި މީހާއަށް ބޮޑު ބަދަލެއް ގެނައި ކަން ފާހަގަކޮށްފަ އެވެ. އަދި ދެމީހުންގެ ގުޅުން އިތުރަށް ދެމެހެއްޓުމަށް މުއާ އެބުރި އައީ އައްޒަ ބޭނުންވި ހުރިހާ ބަދަލެއް ގެނެސްގެން ކަމަށް އައްޒަ ބުނެފައިވެއެވެ.

42%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް