ads
ފެކްޓްރީއެއްގައި މެޝިންތައް ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް
ޗައިނާގެ އާ އަހަރުގެ ޗުއްޓީއަށް ފަހު ވެސް ގިނަ ފެކްޓްރީތައް ބަންދު!
ކޮރޯނާ ވައިރަހުގެ ސަބަބުން ދިގުދެމިގެން ދިޔަ ޗައިނާގެ އާ އަހަރުގެ ޗުއްޓީ މިއަދު ނިމުނު ނަމަވެސް، ގިނަ ފެކްޓްރީތައް މަސައްކަތެއް ނުފަށަ އެވެ.

ފެކްޓްރީތައް ބަންދުކޮށްފައި ހުރުމުގެ އަސަރު ދަނީ ޗައިނާގެ އިތުރުން ދުނިޔޭގެ އިގްތިސާދަށް ވެސް ކުރަމުންނެވެ. އެގޮތުން ބައެއް ކާރު އުފައްދާ ކުންފުނިތަކުގެ ޕްރޮޑަކްޝަން ވަނީ މަޑު ޖެހިފަ އެވެ. 

އޭގެ އިތުރުން އެޕަލް ކުންފުނީގެ ޕްރޮޑަކްޝަނާއި ސަޕްލައިއަށް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. އާ އަހަރުގެ ބަންދަށް ފަހު ވެސް އޮފީސްތައް ނުހުޅުވުމަށް ވަނީ އަންގާފަ އެވެ. 

ނަމަވެސް ބައެއް ބޮޑެތި ކުންފުނިތަކުގެ މަސައްކަތް ފެށުމަށް މިހާރު ހުރަހެއް ނެތެވެ. އެކަމަކު ވައިރަސް ފެތުރުން ނުހުއްޓޭތީ ކުންފުނިތަކުން އަމިއްލައަށް ނިންމާފައި ވަނީ މަސައްކަތް އަދި ނުފެށުމަށެވެ. 

އެޕަލްގެ އެންމެ ބޮޑު ސަޕްލަޔާ ފޮކްސްކޯން އިން ވެސް އަދި މަސައްކަތެއް ނުފަށަ އެވެ. އެ ކުންފުނިން ބުނީ ފެކްޓްރީތައް އިންސްޕެކްޓު ކުރުމަށް ފަހު މަސައްކަތް ފެށުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. 

ކާރު އުފައްދާ ކުންފުނިތައް ކަމަށްވާ ނިސާން އާއި ޕީއެސްއޭއިން ބުނީ އަންނަ ހުކުރު ދުވަހާ ހަމައަށް އެމީހުންގެ ފެކްޓްރީތައް ނުހުޅުވާނެ ކަމަށެވެ. 

ވީޑަބްލިއު، ބީއެމްޑަބްލިއު، ޓޮޔޯޓާ އަދި ހޮންޑާއިން ބުނީ ފެކްޓްރީތަކުގެ މަސައްކަތް ފަށާނީ އަންނަ ހަފްތާގައި ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް