ފުލުހުން ބުނީ، އޭނާ ވެއްޓިގެން ރިޕޯޓުކޮށްފައިވަނީ ރޭ 12:49 ހާއިރު ކަމަށާއި، ޒަހަމުތަކަކާއިއެކު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ ރ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބޭގޮތުން މަރުވީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި މަސައްކަތް ކުރަމުންދާ ފުވައްމުލަކަށް ނިސްބަތްވާ ޒައިދު އިބްރާހިމް ނަމަކަށް ކިޔާ ޒުވާނެކެވެ.