ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެކިއެކި ސަބަބުތަކާއިހުރެ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން 24 ސައިކަލެއް އޭގެ ވެރިފަރާތުން ހަވާލުވުމަށް އެދޭ ކަމަށެވެ.
ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް ބެލުމަށްފަހު މި ތަކެތީގެ ވެރިފަރާތުން ހަވާލުނުވެއްޖެނަމަ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތައް އެތަކެތި ނައްތައިލެވޭނެ ކަމަށެވެ.
މި ވެހިކަލްތަކުގެ މައުލޫމާތު ފުލުހުންގެ ވެބްސައިޓުގައިވެސް ވަނީ ޝާއިއުކޮށްފައެވެ. އަދި މިކަމާއިބެހޭ އެއްވެސް މައުލޫމާތެއް ވާނަމަ ފުލުހުންނާއި ގުޅައިގެން ކުރިއަށްގެންދިއުމަށްވެސް ވަނީ އެދިފަ އެވެ.