ads
ފޮޓޯ: އެމްއެންޑީއެފް
ލޯންޗު އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި ތިން މީހުން މާލެ ގެނެސްފި
ގއ. ވިލިގިލީ ފަޅަށް ވަންނަން އުޅުނު ލޯންޗެއް ނެރުގައިޖެހި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ތިން މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ދެ މީހަކު ވަނީ ނިޔާވެފައި ވާއިރު، ހާލު ސީރިއަސްވި ތިން މީހުންނަށް ފުރަތަމަ ފަރުވާ ދެމުން ދިޔައީ، ވިލިގިލީ އަތޮޅު ހޮސްޕިޓަލުގަ އެވެ. 

އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔައީ، ވެންޓިލޭޓަރަށް ލައިގެންނެވެ. އޭނާ މާލެ އަށް ފޮނުވާލި އިރުވެސް އޮތީ ވެންޓިލޭޓަރުގަ އެވެ. 

މި ކަމާއި ގުޅިގެން އެރަށުން ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ، މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން މީހުންވެސް ރޭ ދަންވަރު 02:30 ހާއިރު، މާލެ ފޮނުވާފައި ވާކަމަށާއި، އެ މީހުން މާލެ ގެންދިޔައީ، އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓުގެ އިތުރުން އިތުރު ފްލައިޓެއްގައި ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން މީހުން މާލެ ގެނެސް ފުރަތަމަ އޭޑީކޭ އަށް ގެންގޮސް ޓެސްޓުތައް ހެދުމަށްފަހު މިހާރު ފަރުވާ ދެމުން ގެންދަނީ، އައިޖީއެމްއެޗްގަ އެވެ. 

މި ހާދިސާގައި ނިޔާޥެފައިވަނީ،  ނ. ލަންދޫ/އުރަހަ/ އުމުރުން 28 އަހަރުގެ އަހްމަދު ޝާފިއު އާއި، ވިލިގިލި/ދޫރެސް އުމުރުން 37 އަހަރުގެ މިސްބާހް އަބްދުލް މުހުސިން އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް