
އެމެރިކާގެ މަޖިލީހުގެ މެމްބަރުންނާއި، ބައްދަލު ކުރައްވާ އޭނާ ދެއްކި ވާހަކައިގައި ބުނީ، މީގެ 20 އަހަރު ކުރިން ނުފެންނަ މިންވަރަށް މިހާރު ދުނިޔޭގެ އެކި ކަންކޮޅު ތަކުން ޔޫއެފްއޯ ފެނުން އިތުރު ވަމުން އަންނަ ކަމަށެވެ. މިއީ އިންސާނުން ނޫން އެހެން ދިރުންތަކެއް ކާއިނާތުގައި އުޅޭ ކަމުގެ ނިޝާނެއް ކަމަށް ވެދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އޭނާ ބުނީ، އެމެރިކާގެ އަސްކަރިއްޔާ އަކީ ދުނިޔޭގައި އޮތް އެންމެ ކުރި އަރާފައިވާ އަސްކަރިއްޔާ ކަމަށާއި، އެހެން ނަމަވެސް މި ފެންނަ ތަކެއްޗަކީ ކޯއްޗެއްކަން އެމެރިކާއަށް ވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ދުނިޔޭގައި އިންސާނުން ނޫން އެހެން ބައެއް ނުވަތަ "އޭލިއަނުން" އުޅޭ ނަމަ އެކަން ވީ އެންމެ އަވަހަކަށް ދެނެގަންނަން ޖެހޭ ކަމަށް އޭނާ ބުނެފައި ވާއިރު، ގޮތް ނޭނގޭ އުޅަނދުތަކެއް ވައިގެ ތެރެއިން ދަތުރު ކުރާ ވީޑިއޯ އެއްވެސް މަޖިލީހުގެ މެމްބަރުންނާއި ވަނީ ހިއްސާ ކޮށްފަ އެވެ.
މިއީ ފާއިތުވެ ބައި ގަރުނުގެ ތެރޭވެސް ޔޫއެފްއޯ "އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓް" އާއި ގުޅޭ ގޮތުން މިހާ ތަފްސީލްކޮށް މައުލޫމާތު އާއްމު ކުރި ފުރަތަމަ ފަހަރެވެ.