ads
ފިލްމީ ތަރި ހުނައިޝާ އާދަމް (ހުނޫ)
ދިވެހި ފިލްމީ ތަރި ހުނޫ އަށް 75 އަަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް ކޮށްފި
މަޝްހޫރު ޓިކްޓޮކް ތަރި އަދި ދިވެހި ފިލްމީތަރި ހުނައިޝާ އާދަމް (ހުނޫ) ގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި 75 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެފަދަ ދައުވާއެއް އުފުލައިފި އެވެ.

ހުނެއިޝާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

ދައުލަތުން ހުނެއިޝާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އިތުރު ފިރިހެނަކާއި ދެމީހުންތިބި މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ގުޅިގެންނެވެ. 

މި މައްސަލަ އާއި ގުޅިގެން ހުނެއިޝާ އާއި އެކު އެގޭގައި ދެން އިން ފިރިހެން މީހާގެ މައްޗަށްވެސް ވަނީ މިފަދަ ދައުވާތަކެއް ކޮށްފަ އެވެ. 

މަސްތުވާތަކެތީގެ ގާނޫނުގައި ބުނެފައިވާގޮތުން ޑައިމޯފިން ޓްރެފިކް ކުރުމާއި، ކެނަބިސް ޓްރެފިކް ކުރުމަކި ބޮޑެތި އަދަބުތައް ލިބޭ ކުށެކެވެ. 

ދާދިފަހުން ވަނީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ރޫމީ އާއި އޭނާގެ ފިރިމީހާ އާއި ދެމީހުންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް ކޯޓުން ވަނީ ޝަރުތު ކުރުމަށްފަހު އެމީހުން ބަންދުން ދޫކޮށްލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް