ads
ފ.ނިލަންދޫ ޑަބްލިއޫޑީސީގެ މެންބަރުންނާއި، ރަށު ކައުންސިލްގެ އިސްވެރިން
ފ.ނިލަންދޫ ޑަބްލިއޫޑީސީން ކަންބޮޑުވުން ފާޅުކޮށްފި
ފ.ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން (ޑަބްލިއޫޑީސީ)ން އެދެވޭ ގޮތެއްގައި މަސައްކަ ނުކުރެވޭކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ
Advertisement

"ސީއެންއެމް" އަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަސީބާ އަލީ ވިދާޅުވީ ކޮމެޓީއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮމެޓީން ކުރަމުންގެންދާ މަސައްކަތްތައް ކުރުމަށް ހާއްސަ އޮފީހެއް ގާއިމުކުރެވިފައި ނެތުމުން ކަމަށެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަކީ އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންގެ މަސައްކަތްތައް ހަރުދަނާ އުސޫލުން ކުރިއަށްގެންދިއުމަށް މި ސަރުކާރުގެ ވައުދުގެ ތެރެއިން ހިމަނައިގެން ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން އިންތިހާބު ކުރާ ކޮމެޓީ އެކެވެ.  

ނަސީބާ ވިދާޅުވީ އަންހެނުންގެ ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ހާއްސަ ތަނެއް މިހާތަނަށްވެސް ގާއިމުކުރެވިފައި ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ނަސީބާ ވިދާޅުވީ ކޮމެޓީގެ މަސައްކަތްތަކުގެ ތެރެއިން ރަސްމީ ލިޔެކިއުމުގެ ހުރިހައި މަސައްކަތްތަކެއްވެސް މިހާރު ކުރަންޖެހެނީ ކައުންސިލުން ކަނޑައަޅާ ފިރިހެން މުއައްޒަފެއްގެ ބެލުމުގެދަށުން ކަމަށެވެ. 

"އަޅުގަނޑުމެންވެސް މީ ހަމަ ވޯޓަކުން އިންތިހާބުކޮށްފަ އަންހެނުން ބާރުވެރިކުރަން އިންތިހާބުކުރި ކޮމެޓީ އެއް. އިދާރީ މަސައްކަތްކުރަންވެސް އެއްވެސް ތަނެއް ނުހުރޭ ދީފަ އެއް. ހަމަޖެހޭނެ ގޮތެއްވެސް ނެތީ. މި މަސައްކަތްކުރަންޖެހެނީ ކައުންސިލްގެ ފިރިހެން މުއައްޒަފެއް މެދުވެރިކޮށް." ނަސީބާ ވިދާޅުވި އެވެ.

އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް މުސާރަދެނީ ކައުންސިލުގެ ބަޖެޓުގެ 5 ޕަސެންޓުގެ ތެރެއިންކަން ފާހަގަކޮށް ނަސީބާ ވިދާޅުވީ އެދެވޭ މުސާރައެއް ކައުންސިލްގެ ބަޖެޓުގެ 5 ޕަސެންޓުން ނުލިބުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. 

"މިހާރު ކައުންސިލްގެ ބަޖެޓުގެ ފަސް ޕަސެންޓުން ކޮމެޓީ ހިންގާފަ މުސާރަ ދޭން ވީމަ އެވަރުން ކިހިނެއް ކުރިއަށްގެންދާނީ؟ ބައެއް ރައްރަށުގެ ކޮމެޓީތަކަށް އެބަހުރި މުސާރަވެސް ނުދެވިފަ. ކައުންސިލް ބަޖެޓު އެހާ ކުޑަވެފަ މިހުރީ ހަމަ އެންމެ ފަސް ޕަސެންޓް ދީފަ." ނިލަންދޫގައި މިއަދު ބޭއްވި އަންހެނުންގެ ކޮމެޓީގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން ނަސީބާ ވިދާޅުވި އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިތަކަކީވެސް ޒިންމާާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކޮމެޓީތަކެއްކަން ފާހަގަކުރައްވަމުން ނަސީބާ ވިދާޅުވީ ބައެއް ރަށްރަށުގެ ކޮމެޓީތަކުގެ މަސައްކަތްތައް ގޮންޖެހުންތަކަކާއެކު ނުކުރެވޭ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.

"މި އަތޮޅު ފީއަލީ ކޮމެޓީގެ މަސައްކަތް ބައްލަވާ. އެބޭފުޅުންނަކަށް ކައުންސިލް އިދާރާއަށް ވަނުމުގެ ހުއްދައެއްވެސް ނޯވޭ. އިދާރާގެ ފެންޑާގަ މޭޒެއް ބައިންދައިގެން އިދާރީ މަސައްކަތްވެސް ކުރަން އެޖެހެނީ." ކޮމެޓީތަކަށް ދިމާވާ ކަންކަމުގެ ވާހަކަ ހިއްސާކުރަމުން ނަސީބާ ވިދާޅުވި އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކަންބޮޑުވުން އޮތް މިދަނޑިވަޅުގައި މިއަދު ވަނީ މިފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށްވެސް ހުށައަޅާފަ އެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް