
ދުއްވުން މަނާގަޑީގައި ފުލުހުން މާލެ ތެރެ ބަލަހައްޓަނީ
މަނާ ވަގުތު ދުއްވި 11 މީހަކު ޖޫރިމަނާކޮށްފި
މުހައްމަދު އާދަމް އަހްމަދު
06 ޖޫން 2025 - 22:18:43
މާލެ އާއި ވިލިމާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާ ކަމަށް ކަނޑައެޅި ވަގުތުގައި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށްފިއެވެ.
މިއަދު ފާހަގަކުރި އީދު ދުވަހާއި ގުޅިގެން މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކުރިއެވެ. އެހެންނަމަވެސް ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމީ އެ ގަޑީގައި ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަނޑައަޅައިފަ އެވެ.
ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ކަމަށް ކަނޑައެޅި ވަގުތުގައި މާލޭގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެގޮތުން ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް އެކަން ނުކުރަން ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 11 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް