ads
އައިއެލްއޯގެ 113ވަނަ ސެޝަންގައި ބައިވެރިވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މި ވަގުތު ޖެނީވާގައި. މިނިސްޓަރު ވަނީ ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައިފައި -
ރާއްޖޭގެ ވޯޓާއިއެކު ފަލަސްތީނު އައިއެލްއޯގެ އޮބްޒާވަރަކަށް
ރާއްޖޭގެ ވެސް ވޯޓާއެކު ފަލަސްތީނަށް އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރުކަން ލިބިއްޖެއެވެ.
Advertisement

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މިހާރު އަންނަނީ އައިއެލްއޯގެ ބައިނަލްއަގްވާމީ ލޭބާ ކޮންފަރެންސްގެ 113 ވަނަ ސެޝަން ކުރިއަށް ދަމުންނެވެ. 

މި ސެޝަންގައި ނެގި ވޯޓްގައި ވަނީ ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން ދިނުމަށް ފާސްކޮށްފައެވެ. 

ފަލަސްތީނަށް ރަސްމީކޮށް އައިއެލްއޯގެ އޮބްޒާވާ ދަރަޖަ ލިބިފައިވަނީ 386 ވޯޓާއެކުއެވެ. އޭގައި ރާއްޖޭގެ ވޯޓުވެސް ހިމެނެއެވެ. އިދިކޮޅަށް ވޯޓް ދިނީ 15 ގައުމަކުންނެވެ. 

އައިއެލްއޯއަކީ މަސައްކަތްތެރިންނަށް، އިޖްތިމާއީ، އިގްތިސާދީ ހަމަހަމަކަމާއި، އިންސާފު ގާއިމްކުރުމަށް ބާރުއަޅަން ގޮވައިލައި، މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، އުސޫލުތައް އެކުލަވައިލާ އދ.ގެ އެޖެންސީއެކެވެ. މިއީ 1919ވަނަ އަހަރުގެ އޮކްޓޯބަރުގައި ވުޖޫދުވި، އދ. ގެ އެންމެ ގިނަ ދުވަސްވީ އެއް އެޖެންސީއެވެ.

އައިއެލްއޯގައި 187 ގައުމަކުން، ސަރުކާރުގެ އިސްވެރިންނާއި، ވަޒީފާދޭ މީހުންނާއި، މަސައްކަތްތެރިން މެންބަރުންގެ ގޮތުގައި ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް