ads
އީދު ފާހަގަކުރަން އުރީދޫން ހާއްސަ ހަރަކާތްތަކެއް ހިންގުން
އުރީދޫގެ ބޮޑު އީދު ހަރަކާތްތަކަށް ބޮޑު ތަރުހީބެއް
ބޮޑު އީދާ ގުޅިގެން އުރީދޫން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
Advertisement

އުރީދޫން ކޮންމެ އަހަރެއްގެ އީދު ފާހަގަކުރަން ބާއްވާ އީދު ސައި މި އަހަރު ކުރިއަށް ގެންދިޔައީ ށ. މަގޫދޫގައި އެވެ. އީދު ނަމާދަށް ފަހު ބޭއްވި މި ސަޔަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން އިހުޒަމާނުއްސުރެ ހަދަމުންދާ އީދު ސައިގެ ސަގާފަތް ދިރުވުމުގެ ގޮތުން ކޮންމެ އީދެއްގައި ވެސް އުރީދޫން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އީދު ސައިގެ އިތުރުން އީދު ހަދިޔާ ބެހުމުގެ ހަރަކާތެއް ވެސް މިއަދު ހުޅުމާލެ އާއި ހދ. ކުޅުދުއްފުށީގައި އުރީދޫން ކުރިއަށް ގެންދިޔަ އެވެ. އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ވަނީ އާއިލާއާ އެކު ބޭނުން ކުރެވޭނެ "ކުކީ ކިޓްސް" ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން މިއަދު ހަވީރު އިތުރު ރަށްރަށުގައި ވެސް އުރީދޫގެ ފަރާތުން އީދު ހަދިޔާ ވަނީ ބަހައިފަ އެވެ.

އުރީދޫން އިސްނަގައިގެން އީދަށް ހިންގާ ހަރަކާތްތަކުގެ އިތުރުން އެކި ރަށްރަށާއި ޖަމިއްޔާތަކުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ކ. ދިއްފުށި، ތ. ކިނބިދޫ، ރ. މާކުރަތުން ބޮޑު އީދު ސައި ބޭއްވުމަށް ވެސް އުރީދޫން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

އަދި ލ. ގަމުގައި އުލްހިޔާ ކަތިލުމުގެ ހަރަކާތާއި އައްޑޫ އީދު ސަމާ އަދި އެކި ރަށްރަށުގެ އީދު ޝޯތަކަށް ވެސް އެ ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އުރީދޫން ބުނީ އީދުގެ ދެވަނަ ދުވަހުގެ ހަވީރު ވެސް އިތުރު ރަށްރަށުގައި އީދު ހަދިޔާ ބެހުން ކުރިއަށް ދާނެ ކަމަށެވެ.

"މި ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މިފަދަ އެކި މުނާސަބަތުތަކާއި ގުޅުވައި އެއްބައިވަންތަކަން ދިރުވައި، ދުވަހުގެ ރޫހު އާލާވާ ފަދަ ހަރަކާތްތަކަށް ދެވެން ހުރި އެހީތެރިކަން ފޯރުކޮށްދޭން" އުރީދޫން ބުންނެވެ

އުރީދޫން ވަނީ ބޮޑު އީދު މުނާސަބަތާއި ދިމާކޮށް ތަފާތު އޮފާތައް ވެސް ތައާރަފުކޮށްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް