ads
އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޝާޜޭ ޑެފެއާރ މިޒް އަންޑްރެއާ އަޕެލް އާއި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު
ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ މަޝްވަރާއަށް އެމެރިކާ
ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ މަޝްވަރާއެއް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޝާޜޭ ޑެފެއާރ މިޒް އަންޑްރެއާ އަޕެލް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ރައީސްގެ އަރިހަށް އެކަމަނާ އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުމާއި ގުޅިގެންނެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ބުދަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ މިޒް އަޕެލް ވަނީ ދެ ޤައުމުން ވެސް އެ ޤައުމުގެ އެމްބަސީ އަނެއް ޤައުމުގައި ޤާއިމުކުރުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފިޔަވަޅަކީ އެމެރިކާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. 

މިޒް އަޕެލް ދެއްކެވި ވާހަކަފުޅުގައި މީގެ 60 އަހަރު ކުރިން ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް، ދެ ޤައުމުގެ ދެމެދު އޮތް ދުވަސްވީ ގާތްގުޅުމަކީ އެމެރިކާ ސަރުކާރުން ފަޚުރުވެރިވާ ގުޅުމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުން ރާއްޖޭގެ އެކި ދާއިރާތަކަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ހާއްސަގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިސާދީ އަދި ދިފާއީ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް