ads
ފިލްމީތަރި އަހުމަދު އާސިމް
ފިލްމީ ތަރި އާސިމްގެ އުދާސްތައް ބަންޑުން ކޮށްލައިފި!
ދަތިތަކާއި ގޮންޖެހުންތަކާއި އެކުވެސް އާސިމްގެ ހިތްވަރަށް ކުޑަވެސް ބަދަލެއްނާދެއެވެ. އާސިމްގެ ވިހާލި ސީރީޒްގެ ހަތަރު އެޕިސޯޑް މިހާރުވަނީ ބައިސްކޯފްގަ ދައްކަންފަށާފަ، މިތިން އެޕިސޯޑަކީ ވެސް މުޖްތަމައައް ތަފާތު މެސެޖްތަކެއް ލިބިގެންދާނެ އެޕިސޯޑުތަކެއްކަމަށް ސީ.އެން.އެމަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި އެއާއެކު އޭނާ ވަނީ އިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އޭނާގެ ހިތުގައި އެތައް އަހަރެއް ވަންދެން އޮތް އުދާސްތައް ވެސް ބަންޑުން ކޮށްލާފައެވެ.

އާސިމްގެ ފިލްމީ ހަޔާތުގަ ބާވީސް އަހަރު ހޭދަވެފައިވާއިރު ،ފިލްމް އެޑިޓް ކުރުމުގައި ފަނަރަ އަހަރު އާސިމް ވަނީ ހޭދަކޮށްފައެވެ. ދެހާސް ނަވާރަވަނަ އަހަރު ކުޑަކުދިންނަށް ހާއްސަކޮށްގެން ،އިބްރަތްތެރި ސީރީސްއެއް ،ޓީ.ވީ.އެމަށްވެސް އާސިމް ވަނީ ޑައިރެކްޓްކޮށްދީފައެވެ. މި ސީރީޒްގެ ނަމަކީ ރާސްތާއެވެ. ނަމަވެސް ވިހާލި މި ސީރީޒް އަކީ އާސިމް މުޅިން އަލަށް ލިޔުނު ވާހަކަތަކެއްގެ މައްޗަށް އުފައްދާފައިވާ އެޕިސޯޑް ތަކެކެވެ.

"މިވާހަކަ ތަކުގައި އަލިއަޅުވާފައިވަނީ މިހާރު މުޖްތަމައުގައި މީހުން ވިސްނާލަންޖެހޭ ކަންތައްތަކުގެ މައްޗަށް. އަބަދުވެސް އިންސާނާ އޭނާގެ ފަހުވަގުތަށް ތައްޔާރުވެ ހުންނަން ޖެހޭ،" -އާސިމް-

މިދާއިރާގައި މަސައްކައި ކުރުމުގައި ކުރިމަތިލާންޖެހޭ ދަތިތަކަށް އަލިއަޅުވާލަމުން އާސިމް ބުނީ މި މަސައްކަތުގެ އަގުވަޒަން ކުރާމީހުން ރާއްޖޭގައި މަދު ކަމެވެ. ކޮންމެ އިންސާނެއްގެވެސް ވަގުތަކީ ވަރަށް އަގުހުރި ވަގުތެއް ކަމަށެވެ. އާސިމްގެ އެއްމެބޮޑު އުއްމީދަކީ އެކަށީގެންވާ އުޖޫރައެއް ދާއިމީކޮށް ލިބިގެންދިޔުމެވެ. ފިލްމުގެ ސީންތަށް ފިލްމު އުފައްދާ ފަރާތުގެ ހުއްދައެއްނެތި ފިލްމުގެ ސީންތަށް ޓިކްޓޮކަށް ލުމާއި،ވިޔފާރީގެ ގޮތުގައި ގަނެފަ ހުންނަ ސީރީސްތަކުގެ އެޕިސޯޑުތަށް ޔޫޓިއުބަށް ލުމަކީ ވަރަށް ދެރަކަމެށް ކަމަށް އާސިމް ފާހަގަ ކުރިއެވެ.

ވިހާލި ސީރީޒް އަކީ އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަކޮއްގެން ނެރެންފެށި ސީރީޒް އެކެވެ.  ސީރީޒް އާސިމް ލިޔެ ،ޑައިރެކްޓްކޮށް، އެޑިޓްކޮށްފައި ވާއިރު މި ސީރީޒްގެ ޕްރޮޑަކްޝަން މެނޭޖަރަކީ މިދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ރަޝީދާ އެވެ. މިސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑުގެ ސައުންޑް ހަދައިދީފައިވަނީ ކޮއްކޮ ސްޓޫޑިއޯއިންނެވެ.  ފަހު ދެއެޕިސޯޑުގެ  ސައުންޑް  ހަދައިދީފައި މިވަނީ ބީޓްރޮލޮޖީ ސޮޓޫޑިއޯއިންނެވެ. 

މީގެ އިތުރަށް އާސިމް ބުނީ އެޕިސޯޑު އެކެއް އަދި ދޭއްގެ ކެމެރާ މަނަކީ އެހެނަސްގެ ކެމެރާމަން ކަމަށްވާ ސަމާހް ކަމަށެވެ. މިސީރީޒް ހެދުމުގައި ރާޅުފޮށި ސްޓޫޑިއޯގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަން އާސިމް ފާހަގަ ކުރިއެވެ. އަދި މި ސީރީޒްގެ ވިޝުއަލް އިފެކްޓް ހަދައިދީފައި މިވަނީ ވިޝާލް ޒަކީ ކަމަށް އާސިމް ފާހަގަ ކުރިއެވެ.

ވިހާލި ސީރީޒް، އެޕިސޯޑް އެކެއް،ދޭއް އަދި ތިނެއްގެ މޭކަޕް ކުރުމުގެ މަސައްކަތް މަޖްދާ ކޮއްފައިވާއިރު އެޕިސޯޑް ހަތަރެއްގެ މަސައްކަތް ކޮއްފައިވަނީ ޝޭންޑީއެވެ.

31%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް