ads
އައިޖީއެމްއެޗްގެ ނަރުހުން---ފޮޓޯ:ރާއްޖެއެމްވީ
"ދިވެހިންނަށް ފުރުސަތު ނެތްކަމަށް ބުނެ އެ ހަދަނީ ދޮގު، ދިވެހިން ފުރުސަތު އޮންނާނެ"
ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންނާއި، ނަރުހުންނަށް ސިއްހީ ދާއިރާއިން ފުރުސަތު ނެތްކަމަށް ބުނެ ހަދަނީ ދޮގު ކަމަށާއި އަދަބު ވެސް އެންމެ އިސްކަމެއް ދެނީ ދިވެހިންނަށް ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅު ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މަސައްކަތް ކުރާނެ ބޭރު ނަރުހުންނާއި ޑޮކްޓަރުން ހޯދަން އިއުލާން ކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށް އާދިލް ވަނީ މިކަމުގެ ހަގީގަތް ސީއެންއެމް އާ ހިއްސާ ކުރައްވާފަ އެވެ. 

"ސީއެންއެމް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އާދިލް ވިދާޅުވީ، ބޭރު ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާން ކުރީ އެ މަސައްކަތައް ބޭނުންވާ ދިވެހިން ނުލިބުމުން ކަމަށާއި، ދިވެހިން ހޯދަން މީގެ ކުރިން އިއުލާން ކުރި ކަމަށެވެ. އަދި ބޭރު ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާން ކޮށްފައި ވީނަމަވެސް، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އަބަދުވެސް ރާއްޖެއިން ފުރުސަތު އޮންނާނެ ކަމަށަ އާދިލް ވިދާޅުވި އެވެ. 

މީގެ އިތުރުން އާދިލް ވިދާޅުވީ، އެންމެ ފަހުން ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ކޮށްފައިވާ އިއުލާނަކީ، ރާއްޖޭގެ އަތޮޅު ތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ކޮށްފައިވާ އިއުލާނެއް ކަމަށެވެ. އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަތޮޅު ތެރެއަށް ހޯދުމަށް ދަތިތަކެއް ހުރި ކަމަށް އާދިލް ފާހަގަ ކުރެއްވި އެވެ. 

"ދިވެހި ޑޮކްޓަރުންނާއި ނަރުހުން މި މިނިސްޓްރީން ބޭނުންވޭ. އެހެން ނަމަވެސް ލިބުމުގައި ދަތިތަކެއް ހުރޭ. އެހެންވެގެން ބޭރުން ޑޮކްޓަރުންނާއި ނަރުހުން ގެންނަ އިއުލާން ކުރީ. ދިވެހިން ހޯދަން އިއުލާން ކުރިން. އަތޮޅު ތެރޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި ސިއްހީ އޮފިސަރުންނަށް އަބަދުވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައި. ވަޒީފާއަށް އިއުލާން ނުކުރި ނަމަވެސް ދިވެހިންނަށް ވަޒީފާއަށް އެދި ހުށަހެޅޭނެ." އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، މިނިސްޓްރީން ވަޒީފާއަށް އިއުލާން ނުކުރި ނަމަވެސް ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްހީ އެހީތެރިންނަށް އަބަދު ވެސް ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި އޮންނަ ކަމަށާއި، އެ ފަރާތްތަކުން ވަޒީފާއަށް ކުރިމަތިލުމުން ބޭރު ޑޮކްޓަރުން، ނުވަތަ ނަރުހުންގެ ބަދަލުގައި ދިވެހިންނަށް އެ ވަޒީފާ ހަމަޖައްސައި ދެމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން އާދިލް ވިދާޅުވީ، ދިވެހިންނަށް ފުރުސަތު ނެތްކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަ ކަމަށާއި ރައްޔިތުންނަށް ހަގީގަތް ހާމަކުރުމުގައި ހުރިހާ ފަރާތަކުން އިސްކަން ދޭން ވާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް