ads
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ފަރުވާއަށްފަހު ރައީސް މައުމޫން ގެއަށް!
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.
Advertisement
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުގައި ރައީސް މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަސްވުމުން ޓެސްޓްތަކެއް ހެދުމަށެވެ.

ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަން ހާމަކުރައްވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ ގޭގައި ކަމަށެވެ.

ހޮސްޕިޓަލުން ދޫކޮށްލި ވަކި ދުވަހެއް ރައީސް މައުމޫން ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް މައުމޫންގެ ޓްވީޓްގައި އެނިކުފާނު ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން އަދި މެނޭޖްމަންޓްގެ ބޭފުޅުގެ ފަރާތުން ފެނިގެން ދިޔަ ގޮތްތަކާއި ދެއްވި އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.

ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން އަބަދުވެސް ފަރުވާ ހޯއްދަވަމުން ގެންދަވަ އެެވެ.

އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫނަކީ އަބަދުވެސް ސިއްހަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ދިރިއުޅުމުގެ އާދަތައް ހިފަހައްޓަވާ ބޭފުޅެއް ކަމަށްވެސް އަރިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް