ads
ކޮމަންވެލްތާއި ގުޅުމާއިއެކު އެޖަމިއްޔާގެ 40 ގައުމަކަށް ވިސާ ނެތި ދަތުރުކުރެވޭނެ!
ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވުމާއި ގުޅިގެން އެ ޖަމާއަތުގެ މެންބަރު 40 ގައުމަކަށް ދިވެހިންނަށް މިހާރު ވިސާ ނެތި ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ހެދޭ ހާއްސަ އެއްބަސްވުންތަކުގެ ދަށުން ދިވެހިންނަށް 40 ގައުމަކަށް މިހާރު ދަތުރުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއީ އަނެއްކާވެސް ދިވެހިންނަށް ލިބިގެންދާ ބޮޑު ފަސޭހައެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

މީގެ ތެރެއިން ބައެއް ގައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ކުރިން ދަތުރުކުރެވުނު ނަމަވެސް ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމުން ވިސާގެ އިތުރު ލުއިތަކަކާ ފަސޭހަކަތެކެއް މިހާރު ލިބިގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި އެހެން ބައެއް ގައުމުތަކަށް ކުރިންވެސް ވިސާ ލިބެމުން އައި ނަމަވެސް، ކޮމަންވެލްތުގެ މެމްބަޝިޕް ރާއްޖެއިން ދޫކޮށްލުމުން އެގައުމުތަކުން ވަނީ ވިސާގެ އެއްބަސްވުންތައް ސަސްޕެންޑްކޮށްފަ އެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން މިހާތަނަށް ގިނަ ގައުމުތަކަކުން ރާއްޖެއަށް ވިސާ ނެތި ދަތުރުކުރެވޭނެ މަގު ވަނީ ފަހި ކޮށްދީފަ އެވެ. އެގޮތުން ތައިލެންޑް، ޔޫއޭއީ، ރަޝިއާ އަދި މޮރޮކޯ އަށް ވިސާނެތި ދިވެހިންނަށް މިހާރު ދަތުރުކުރެވޭއިރު، ލަންކާ، މެލޭޝިއާ ފަދަ ގައުމުތަކަށް ކޮމަންވެލްތުގެ މެންބަޝިޕާ އެކު ވިސާގެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް