
މި މޭވާއަކީ ހަންގަނޑާއި އިސްތަށިގަނޑާއި އަދި ފުރިހަމަ ހަށިގަނޑަށް ވެސް ބޭނުންތެރި މޭވާ އެކެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މީހަކު މާ ގިނައިން ލުނބޯ ބޭނުން ކުރުމަކީ ފައިދާ ހުރި ކަމެއް ނަމަވެސް އޭގެން އެތަކެއް ނޭދެވޭ ސައިޑް އިފެކްޓް ތައް ވެސް ކުރިމަތި ކުރުވައެވެ.
ބަނޑުގެ މައްސަލަތައް
ހުސް ބަނޑާއި ހުރެ ލުނބޯ ފަނި ބޭނުން ކުރުމަކީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވަރަށް ގިނަ ފަހަރު އަހަރުމެންނަށް އަޑު އިވެއެވެ. ނަމަވެސް މާގިނައިން ލުނބޯ ފަނި ބޭނުންކުރުމަކީ ބަނޑު ގެ އިތުރުން ހަޖަމުކުރުމުގެ ޕްރޮސެސް ދަށްކޮށްދޭ ކަމެކެވެ. އަދި މީގެ ސަބަބުން ބަނޑުގައި ވޭން އެޅުމަށް ވެސް މެދުވެރިވެދާނެއެވެ.
ހަށިގަނޑުގައި ފެން މަދުވުން
ލުނބޮލުގެ ސަބަބުން ހަށިގަނޑުން ވިހަތައް ބޭރުވެގެން ދެއެވެ. ނަމަވެސް ލުނބޯ މާ ގިނައިން ބޭނުންކުރުމަކީ ބްލެޑާ ބޮޑުކޮށްލައި، މާގިނައިން ފާހަނާ އަށް ދިޔުމަށް މެދުވެރިކޮށްފާނެ ކަމެއް ކަން އެނގޭ ހެއްޔެވެ؟ އެހެންކަމުން އާންމުކޮށް ލުނބޯ ބޭނުންކުރާއިރު ގިނަ އަދަދަކަށް ފެން ބޯން ޖެހެއެވެ.
ދަތްތައް ހަލާކުވުން
ލުނބޮލަކީ ވަރަށް އެސިޑިކް އެއްޗަކަށް ވާއިރު މާގިނައިން ލުނބޯ ބޭނުން ކުރާ ނަމަ ދަތްތަކުގައި ޓިންގްލިން ސެންސޭޝަން އެއް ކުރިމަތި ކުރުވަފާނެއެވެ. މީގެ ސަބަބުން ދުވަސްވާ ވަރަކަށް ދަތުގެ އެނަމެލް އިތުރަށް ފަނި ކެއުމަށް މެދުވެރިވެއެވެ. ދަތް ގިރުމަކީ މައިގަނޑު ގޮތެއްގައި މިނަރަލައިޒްޑް ދަތް ތަކުގެ ކެމިކަލް ގެއްލުމެވެ. އެހެންކަމުން ސެންސިޓިވް ދަތްތައް ހުންނަ ނަމަ ލުނބޯ ފަދަ ސިޓްރިކް މޭވާތައް ބޭނުން ކުރުން މަދުކުރަން ޖެހެއެވެ.
ހަންގަނޑު ހިކުމަށް މެދުވެރިވުން
މި މޭވާގެ ސަބަބުން ހަންގަނޑު ހިކުމަށް މެދުވެރިވެއެވެ. އެހެންކަމުން މިއީ ތެޔޮ ހަންގަނޑު ހުންނަ މީހުން ބޭނުން ކުރުމަށް ލަފާދޭ އެއްޗެކެވެ. ހަންގަނޑު ހިކިފައި ހުންނަ މީހުން ގަވާއިދުން ލުނބޯ ބޭނުން ކުރުމަކީ ހަންގަނޑު އިތުރަށް ހިއްކައިލުމަށް މަގުފަހި ކުރުވާ ކަމެކެވެ.
އިސްތަށިގަނޑަށް ރަނގަޅު އެއްޗެއް ނޫން
ސީދާ އިސްތަށިގަނޑުގައި ލުނބޯ ހޭކުމަކީ އިސްތަށިގަނޑު ހިއްކައިލާ ނުރަ ޖެހުމަށް މަގުފަހި ކުރުވާ ކަމެއް ކަން އެނގޭ ހެއްޔެވެ؟ ލުބޯ ގައި އެކުލެވިގެންވާ އެސިޑިޓީގެ ސަބަބުން އެއީ އިސްތަށިގަނޑަށް ގެއްލުންތައްދޭ އެއްޗެކެވެ. ބޮލުގައި ހަންފޮޅުމުން ސަލާމަތްވުމަށް ބޭނުން ކުރާ ފަރުވާއެއްގެ ގޮތުގައި ގިނަ ބަޔަކު ލުނބޯ ބޭނުން ކުރެއެވެ.