ads
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
ކޮންފަރެންސް ދައުވަތުގެ ވާހަކައިގައި މާލޭ ސިޓީ ކައުންސިލުން އޮޅުވާލައިފި!
އއ. އުކުޅަހުގައި ފަށައިގެން ކުރިއަށްގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިނުވީ ކައުންސިލްގެ މޭޔަރަށް އެކަނި ދައުވަތު ދީގެން ކަމަށް ބުނެ އޮޅުވާލިކަން ހާމަވެއްޖެ އެވެ.

"ސީއެންއެމް" ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވިއަވަތި ކޮންފަރެންސްގެ ދައުވަތު ސިޓީ ކައުންސިލަށް ފޮނުވާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. 

މަބްރޫކް ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން މި ކޮންފަރންސްގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ ސިޓީ ފޮނުވާފައިވާ ކަމަށެވެ. 

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ އެލްޖީއޭއިން ކަމަށާއި، ދައުވަތު ދީފައި ވަނީ ހަމައެކަނި މާލޭ ސިޓީ ކައުންސިލްގެ މޭޔަރަށް އެކަނި ކަމަށެވެ. 

ނަމަވެސް މަބްރޫކް ސީއެންއެމްއަށް ވިދާޅުވީ ސިޓީ ކައުންސިލަށްވެސް ދީފައިވަނީ އެހެން ކައުންސިލްތަކަށްވެސް ދީފައިވާ ސިޓީގެ ކޮޕީއެއް ކަމަށާއި، ސިޓީގައި މޭޔަރަށް ބައިވެރި ނުވެވޭނަމަ ބަދަލުގައި ބޭފުޅަކު ހަމަޖެއްސިދާނެކަމަށް ބުނެފައިވާ ކަމަށެެވެ. 

"ސިޓީ ކައުންސިލަަށްވެސް ފޮނުވި ސިޓީ ހަމަ އެހެން އެންމެންނަށްވެސް ފޮނުވީ. ދެން ސިޓީގައި މޭޔަރަށް ބައިވެރިނުވެވޭނަމަ ބަދަލުގައި ބޭފުޅަކު ހަމަޖައްސަން ބުނެފަ އޮންނާނެ." މިކަން އޮޅުންފިލުވައިދެއްވަމުން މަބްރޫކް ވިދާޅުވި އެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ކައުްނސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވެފައިވަނީ މި ކޮންފަރެންސް ބޮއިކޮޓް ނުކުރާ ކަމަށެވެ. އަދި ބުނެފައިވަނީ މި ކޮންފަރެންސްގެ ދައުވަތު ލިބުނީ ލަހުން ކަމަށެވެ. ނަމަވެސް މަބްރޫކް ވިދާޅުވެފައިވަނީ ލަހުންކަމަށް ބުނާ ވާހަކައަކީ ވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް