ads
ޔަހޫދީން އަގްސާ މިސްކިތް ހިސޯރުކުުރުން
ޔަހޫދީން ވަދެ އަލްއަގްސާ މިސްކިތް ހިސޯރުކޮށްފި
ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީންގެ ޕާޓީއަކުން ވަދެ އަލް އަގްސާ މިސްކިތް ހިސޯރުކޮށްފިއެވެ.

މިއަދު އެ މިސްކިތް ހިސޯރުކޮށްފައިވަނީ، "އިތްމާރް ބެން ގްރޭވް" ނަމަކަށް ކިޔާ މި ޖަމާއަތުގެ މީހުން އަގްސާ މިސްކިތައް ވަދެ އެތަން ހިސޯރުކުރި އިރު، އެތައް ހާސް ސަޕޯޓަރުންނެއް ވެސް ވަނީ އެމީހުންނާއެކު އައިސް މިސްކިތައް ވަދެފައެވެ. 

މިސްކިތައް ވަތް މީހުން ވަނީ އެތަނުގެ ފުރާޅާއި ހަރިންމަތެރެއަށް ވަދެ އެތަނުގައި ތިބި ފަލަސްތީނު މުސްލިމުންނާއި ކުރިމަތިލާފައެވެ. 

މިސްކިތައް ވަތް ޔަހޫދީ ޖަމާއަތުގެ ދިފާއުގައި އިޒްރޭލް ސިފައިން ވެސް ހަރަކާތްތެރިވިއެވެ. އަދި މިސްކަތައް އެއްވެސް ފަލަސްތީނު މީހަކު ވަނުން އޮތީ މަނާކޮށްފައެވެ. 

މި މައްސަލައިގައި މުޒާހަރާކުރަން އައި ފަލަސްތީނު މީހުންނާއި ދެކޮޅަށް އިޒްރޭލު ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި ފަލަސްތީނު 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. 

ފަލަސްތީނުގެ އެއްވެސް ނޫސްވެރިއަކަށް ވެސް މިސްކިތް ހުރި ސަރަހައްދަށް ނުވަދެވެއެވެ. 

ކުރިމަތިލުންތަކުގައި އަނިޔާވާ މީހުންނަށް އެހީވާން ދިޔަ ރެޑް ކްރެސެންޓުގެ ވޭން އަކަށް ވެސް އިޒްރޭލު ސިފައިން ވަނީ ހަމަލާދީފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް