ads
ޓޫރިޒަމް މިނިސްޓްރު ޑރ. މައުސޫމް : ޖަލްސާގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ
ކުލި ނުދައްކާ 18 ރިސޯޓަކަށް ޓޫރިޒަމް މިނިސްޓްރީން ނޯޓިސް ފޮނުވައިފި
ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތިބި 18 ރިސޯޓަކަށް މިހާތަނަށް ނޯޓިސް ފޮނުވާފައި ވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވަނީ ދައުލަތަށް ބިމު ކުލި ނުދައްކާ ރިސޯޓްތަކާއި މެދު މިނިސްޓްރީން އަމަލުކުރަން ނިންމާފައި ވަނީ ކިހިނެއްތޯ މިނިސްޓަރާއި ސުވާލު ކުރައްވާފަ އެވެ. 

ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ބިމު ކުލި ނުދައްކާ މައްސަލައަކީ ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. މިނިސްޓްރީގެ އުސޫލުގައި ވާގޮތުން މިހާތަނަށް 18 ރިސޯޓަކަށް ބިމު ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައި ވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ބިމު ކުލި ނުދައްކާ ރިސޯޓްތަކުގެ ހުއްދަ ބާތިލް ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިފައި ވާކަމަށާއި، އެހެން ނަމަވެސް އިގްތިސާދީ ނަޒަރަކުން ވިސްނާއިރު، ރިސޯޓުގެ ހުއްދަ ބާތިލް ކޮށް ރިސޯޓު ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

"ކުލި ނުދައްކާ ރިސޯޓްތަކާއި ދޭތެރޭ، އޮންނަ އުސޫލުގެ ދަށުން ކުލި ނުދައްކާ ރިސޯޓްތަކަށް ނޯޓިސް ފޮނުވަމުން އެބަ ގެންދަން. ނޯޓިސް ދީފަ ދެން މިނިސްޓްރީއަށް އެބައޮވޭ އިހުތިޔާރު، އެތަނުގެ ލައިސެންސް ހިފެހެއްޓުމުގެ، އެތަން ބަންދު ކުރުމުގެ. އެކަމަކު އަޅުގަނޑުމެންނަށް ރާއްޖޭގެ މުޅި އިގްތިސާދަށް ވިސްނާއިރު، އެއީ އެންމެ ރަނގަޅު ސޮލިއުޝަން ކަމަށް ނުފެންނާތީ، އެތަންތަނާއި މަޝްވަރާ ކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަބަދު މަޝްވަރާ ކޮށްގެން ފައިސާ ހޯދަން އުޅުމަކީ، ދާއިމަށް ކުރެވޭނެ ކަންކަން ނޫން ކަމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. 

މިނިސްޓަރު މިފަދައިން މިއަދު ވިދާޅުވެފައި ވާއިރު، ސަރުކާރަށް ބިމު ކުލި ނުދައްކައިގެން މީރާއިން ވަނީ، މިމަހުގެ 24 ވަނަ ދުވަހު 12 ރިސޯޓެއްގެ ނަން އާއްމު ކޮށްފަ އެވެ. 

ރާއްޖެއަށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސް ވަރުގައި ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށް މީރާއިން ވަނީ "އެންފޯސްމަންޓް ޕޮލިސީ" ގެ ދަށުން މީގެ ކުރިން ލުއިތަކެއްވެސް ދީފަ އެވެ. 

މީރާއިން އާންމުކުރި 12 ރިސޯޓަކީވެސް "އެންފޯސްމަންޓް ޕޮލިސީ"  އުވާލުމަށްފަހުވެސް ބިމު ކުލި ނުދައްކާ ފަރާތްތަކެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް