ads
ޖެފް ބެކްގެ ޝޯގައި ޖޮނީ ޑެޕް ގެ ސަޕްރައިޒެއް
ޖެފް ބެކްގެ ޝޯގައި ޖޮނީ ޑެޕް ގެ ސަޕްރައިޒެއް
މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ، ޖޮނީ ޑެޕް އޭނާގެ ކުރީގެ އަންހެނުންގެ މައްޗަށް ކޮށްފައިވާ އަބުރުގެ ދައުވާގެ އަޑުއެހުންތައް މި މަހުގެ 27 ވަނަ ދުވަހު މިވަނީ ނިމުމަކަށް އައިސްފައެވެ.

ހަމަ މި ދަނޑިވަޅުގައި ހޮލީވުޑްގެ މަޝްހޫރު ތަރި މިވަނީ އިންގްލޭންޑްގެ ޝެފިލްޑްގައި ބޭއްވުނު އޭނާގެ ދުވަސްވީ ރަހުމަތްތެރިޔާ ޖެފް ބެކް އާއެކު އޭނާގެ ޝޯއިން ގިޓާ ކުޅެނިކޮށް ފެނިގެން ގޮސްފައެވެ. މި ޝޯ ވެގެން މިދިޔައީ އަހަރުތަކަކަށްފަހު އޭނާގެ ހުނަރު މިގޮތަށް ދައްކާލި ފުރަތަމަ ފަހަރު ކަމުގައެވެ.

ޖޮނީ ޑެޕްއަކީ މިޔުސިކީ ދާއިރާއަށް ބީރައްޓެއްސެއް ނޫނެވެ. މިގޮތުން އޭނާއަކީ 2012 ވަނަ އަހަރު އުފެދުނު ހޮލީވުޑް ވެމްޕަޔަރސް ސުޕަރ ގްރޫޕް ގެ ފައުންޑަރެކެވެ. މި ސުޕަރގްރޫޕް އުފައްދާފައިވަނީ މަޝްހޫރު މިޔުސީޝަނުން ކަމަށްވާ އެލިސް ކޫޕާ އާއި ޖޯ ޕެރީ އާއެކުއެވެ.

ޑެޕް އޭނާގެ އަންހެނުންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ 2018 ވަނަ އަހަރު އޭނާގެ އަންހެނުން އޭނާއަކީ ގެވެށި އަނިޔާގެ ޝިކާރައެއްކަމަށް ބުނެ ނޫހަކަށް ދީފައިވާ ބަޔާނުގެ ސަބަބުން ޑެޕްއަށް ގެއްލިގެންދިޔަ ޕްރޮޖެކްޓްތަކުގެ ސަބަބުން ލިބިފައިވާ ގެއްލުތަކުގެ އިތުރުން ގެއްލިގެން ދިޔަ އޭނާގެ އަބުރާއި އިއްޒަތް އަނބުރާ ހޯދުމަށް އެދި ކޮށްފައިވާއެކެވެ.

މި މައްސަލައިގައި އޭނާގެ އަންހެނުންވަނީ 100 މިލިއަން ޑޮލަރުގެ ކައުންޓަރ ކްލެއިމްއެއް ކޯޓުގައި ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް