ads
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ އަމްރު ވާހަކަ ދައްކަވަނީ.
އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖް އަޅަނީ
ސްޓޭޓް ޓެރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
Advertisement

އެސްޓީއޯގެ ތެޔޮ ސްޓޯރޭޖް އިހަވަންދިއްޕޮޅުގައި އަޅަން ނިންމައި އެކަން އިއުލާނުކުރެއްވީ ރޭ ކްރޮސް ރޯޑުގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރެވެ. 

އަމްރު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖް ގާއިމުކުރުމަށް ނިންމާފައިވަނީ އެސަރަހައްދުން ލިބެން ހުރި ޖާގަ ތަކާއި، ތެލުގެ ވިޔަފާރިއަށް އެންމެ ފުޅާ ސަރަހައްދެއްގެ ގޮތުގައި އެސަރަހައްދު ފާހަގަ ކުރެވޭތީކަމަށެވެ. 

އަމްރު ވިދާޅުވީ އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ކަމަށާއި އެސްޓީއޯގެ ވިސްނުމަކީ އެ ސަރަހައްދުގައި ބަންކަރިންގެ ހިދުމަތް ދޭން ފެށުމުން ޑިމާންޑް އޮންނާނެ ކަމަށެވެ. 

"ކޮންމެ ދުވާލަކަށް އެންމެ މަދުވެގެން 300 އަށްވުރެ ގިނަ އާގުބޯޓު އެބަ މި ސަރަހައްދުން ދަތުރުކުރޭ. އެ ސަރަހައްދަކު ނެތް މާގިނައިން ހިދުމަތް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ މަގުސަދަކީ ސްޓްރެޓެޖިކް ސްޓޯރޭޖާއެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން. ފުރަތަމަ މަސައްކަތް ކުރަނީ ފްލޯޓިން ސްޓޯރޭޖަކާއެކު މަަސައްކަތް ފަށަން." އަމްރު ވިދާޅުވި އެވެ.

ފްލޯޓިން ސްޓޯރޭޖެއްގެ ގޮތުގައި ތެލުގެ ވިޔަފާރި ފުޅާކުރުމަކީ ގައުމުގެ އިގްތިސާދަށް އެކަމުން ވަރަށްބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. 

އެސްޓީއޯއިން މިވަގުތު އެއްގަމުގައި ތެޔޮ ރައްކާކުރަން ބޭނުންކުރަނީ މާލެ ކައިރިން އޮންނަ ފުނަދޫ އެވެ. މި ރަށުގައި ހުންނަ 14 ޓޭންކުގައި އެއްފަހަރާ ރައްކާކުރެވެނީ 48،000 މެޓްރިކު ޓަނުގެ ޑީސަލް އަދި 10،000 މެޓްރިކު ޓަނުގެ ޕެޓްރޯލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް