ads
ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މީހުން ހައްޖުގެ އަޅުކަން އަދާކުރަން ދަނީ
"ހައްޖަށް ދާން ފޯމު ހުށަހަޅާ މީހުން އަދާލަތަށް ނުވައްދަން، އެއީ ކަނޑައެޅިގެން ދޮގެއް"
ހައްޖަށްދާން މީހުން ހައްޖު ކޯޕަރޭޝަށް ފޯމު ހުށަހެޅުުން އަދާލަތު ޕާޓީއަށް ވައްދާކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިިގެން "ދޮގެއް ކަމަށް" ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖަށް ދާން ބޭނުންވެގެން ހައްޖު ކޯޕަރޭޝަނަށް ހުށަހަޅާ ފޯމުތައް އަދަލާތު ޕާޓީއަށް ވައްދަމުން އަންނަ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝަފީޤު ޢަބްދުﷲ ތުހުމަތު ކުރައްވާފަ އެވެ. 

ޝަފީގު ވިދާޅުވެފައިވަނީ ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ހުށަހަޅުމުން ގެންދާ ފޯމުތަކުގެ އައިޑީ ކާރޑް ކޮޕީ ބޭނުންކުރައްވައިގެން އަދާލަތު ޕާޓީއަށް މީޙުން ވެއްދުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތްކުރަމުންދާ ކަމަަށެވެ. 

ޝަފީގުގެ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު "ސީއެންއެމް" އަށް ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެ ކޯޕަރޭޝަނަށް ހުށަހެޅޭ އެއްވެސް ފޯމެއް އެއްވެސް ފަރާތަކާއި ހިއްސާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ފޯމުތަކުގެ މައްސަލަ އާއި ގުޅިގެން ސިޔާސީ ޕޓީތަކަށް މީހުން ވައްދަމުންދާ ކަމުގެ ވާހަކައަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. 

"މިތަނަށް ހުށަހަޅާފައިވާ ފޯމެއް އެހެން ބޭނުމަކަށް ބޭނުން ނުކުރާނެ. ސިޔާސީ ބޭނުމަކަށް ނަމަވެސް މި ފަދަ ވާހަކަ ދެއްކުމަކީ ވަރަށް ދެރަކަމެއް،" އިސްމާއީލް ހަމީދު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނަށް ހުށަހެޅޭ ފޯމުތަކުއް އަދާލަތު ޕާޓީއަށް ވައްދާ މައްސަލަ އެޕާޓީންވެސް ވަނީ ކުއްވެރިކޮށްފަ އެވެ. އަދާލަތު ޕާޓީގެ އިސް ބޭފުޅަކު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ އެޕާޓީގެ ކުރިއެރުމަށް ކުރެވޭ އެއްވެސް މަސައްކަތެއްގައި އެހެން އިދާރާތަކަށް ފޯމެއް އެ ޕާޓީން ބޭނުން ނުކުރާ ކަމަށެވެ. 

އަދާލަތު ޕާޓީގައި 15 ފެބުރުވަރީ 2022ގެ ނިޔަލަށް ޕާޓީގައި މެންބަރުން ތިބި އަދަދު ވަނީ 10589 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް