ads
ލަވަކިޔުންތެރިއާ ކޭކޭ:
އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ މަރުވެއްޖެ
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއާ ކޭކޭ މަރުވެއްޖެއެވެ.

ބޮލީވުޑްގެ 53 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިޝްނަކުމާރް ކުންނަތް އެންމެން ދަންނަ ނަމުންނަމަ ކޭކޭ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި އިންޑިޔާގެ ކޮލްކަޓާގައި އޮތް ކޮންސަރޓެއްގައި ޕަރފޯމްކުރުމަށް ފަހުއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ކޮންސާޓްގައި ހުރި އިރު އޭނާއަށް އުދަގޫތަކެއްވާ ކަމުގެ ޝަކުވާކޮށްފައިވާ ކަމާއި އަދި އޭނާ ހުންނަ ހޮޓަލަށް އެނބުރި ދިޔަތާ މާ ގިނަ އިރުތަކެއް ނުވެ ރޭގެ 10:30 ކަންހާއިރު އޭނާ ވަނީ ކޮލްކަޓާ މެޑިކަލް ރިސަރޗް އިންސްޓިޓިއުޓް އަށް ގެންގޮސްފައެވެ. އޭނާ ގެނައި އިރުވެސް އޮތީ މަރުވެފައިކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.

ކޭކޭ ގެ މަރުގެ ހަބަރާއެކު މުޅި ސޯޝަލް މީޑިޔާވަނީ ތައުޒިޔާގެ މެސެޖްތަކުން ބަންޑުންވެފައެވެ. މި ގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބޮލީވުޑްގެ ގިނަ ތަރިން ޓްވިޓަރގައި މި ކަމުގެ ހިތާމަ ފާޅުކުރަމުންއެބަ ގެންދެއެވެ.

ކޭކޭ އަކީ ބޮލީވުޑްގެ ހިޓް އެތައް ލަވައެއް ކިޔާފައިވާ ފަރާތެކެވެ. މިގޮތުން ފާހަގަ ކުރެވޭ ލަވަތަކުގެ ތެރޭގައި "ޕަޔާރް ކޭ ޕަލް" އާއި "ޔާރޯ" އަދި "އޯ މެރި ޖާން" ފާހަގަ ކޮށްލެވެއެވެ. އޭނާ އަކީ ހިންދީ، ޓަމިލް، ޓެލުގޫ، ކަންނާޑާ، މަލަޔާލަމް، މަރާޓީ، ބެންގާލީ އާއި އަދިވެދިވެސް އިންޑިޔާގައި ވާހަކަ ދައްކާ އެތައް ތަފާތު ބަހުރުވައިން ލަވަތައްކިޔާފައިވާ ފަރާތެކެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް