ads
ވެމްކޯގެ ޑީއެމްޑީ ސިރާޖް އާއި އެންމވާރަމަންޓް މިނިސްޓަރު ޝައުނާ
ކުނި ވަކިކޮށް ނެރުމަށް އަމަލުކުރަން މިއަދު ފަށައިފި
ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތް ހޯދަން ގޭބީސީތަކުން އުފެދޭ ކުނި އުކާލުމުގައި ކުނީގެ ބާވަތްތަކުން 4 ބަޔަށް ވަކިކޮށް ބެހެއްޓުމަށް އަންގައި އެގޮތައް އަމަލުކުރަން މިއަދު ފަށައިފި އެވެ.
Advertisement

ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތް ހޯދަން ގޭބީސީތަކުން އުފެދޭ ކުނި އުކާލުމުގައި ކުނީގެ ބާވަތްތަކުން 3 ބަޔަށް ވަކިކޮށް ބެހެއްޓުމަށް އަންގައި އެގޮތައް އަމަލުކުރަން މިއަދު ފަށައިފި އެވެ.

އެ ތިން ބަޔަކީ 

1 ގޭބީސީތަކުން އުފެދޭ ކުނިވާ ޒާތުގެ ކުނި: ބަދިގެއިން އުފެދޭ ކުނިވާޒާތުގެ ތަކެތި 

2 ޕްލާސްޓިކު ފުޅި: މިނަރަލް ވޯޓާ ފުޅި، ކޮސްމެޓިކްސްގެ ބާވަތްތައް ހިމެނޭ ފުޅި ފަދަ ތަކެތި 

3 އެހެނިހެން ކުނީގެ ބާވަތްތައް: ދަގނޑު، ބިއްލޫރި، ފަދަ ތަކެތި

އަލަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ގޭބީސީތަކުން ކުނި އުކާލަން ނެރޭއިރު މި ބާވަތްތައް ވަކިކޮށްފައި ބެހެއްޓުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ. 

އަލަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ގޭބީސީތަކުން ކުނި އުކާލަން ނެރޭއިރު ދަގަނޑު އަދި ޕްލާސްޓިކު ހިމެނޭ ބާވަތްތައް ހުންނަންވާނީ ވަކި ކުރެވިފަ އެވެ. 

ވެމްކޯ އިން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެން ކަމަށެވެ. އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެން ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުން ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި، މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް ވަކިކޮށްގެން ކަމަށެވެ.

ވެމްކޯއިން ދެމުންގެދާ ހިދުމަތްތަކުގެ އިތުރުން އަމިއްލައަށް ކުނި އުކާ ސަރަހައްދަށް ގޮސް ވެސް ކުނި އުކާލެވޭނެ އެވެ. ނަމަވެސް ކުނި އުކާލެވޭނީ ވެމްކޯއިން އަލަށްގެނައި ބަދަލާއެކު ވަކިކުރަންޖެހޭ ހުރިހައި ކުންޏެއް ވަކިކުރުމަށްފަހުގައި ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އަމިއްލަ ޕިކަޕްތަކުގައި ކުނި އުކޭނީ ކުރިންވެސް އަމަލުކުރަމުން އައި ގޮތަށް ވެމްކޯގައި ރަޖިސްޓްރީ ކޮށްގެންކަމަށެވެ. 

މާލެ ސަރަހައްދުގައި އުފެދޭ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން ވަނީ އެންވާރަމަންޓް މިނިސްޓްރީ އާއި ވެމްކޯ ބައްދަލުކޮށް ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ ގޮތްތަކާއިބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް