ads
މިފްކޯ މަސްފިހާރަ ކައިރީ މީހުން ކިއު ހަދާފައި ފައިލް ފޮޓޯ ސީއެންއެމް
ރޯދަ ޕްރޮމޯޝަން ނިމުމުން، މިފްކޯ ދަޅުމަހުގެ އަގު އުފުލިއްޖެ
މިފްކޯ ރޯދަ ޕްރޮމޯޝަން ނިމުމުން ދަޅުމަހުގެ އަގު އުފުލިއްޖެ އެވެ.

ރޯދަ މަހުގެ ކުރިން މިފްކޯއިން މަސް ދަޅުގެ އަގު އުފުލި ނަމަވެސް، "ފަސްމީރު އެންމެ މީރު" ނަމުގައި ރޯދަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. 

މި ރޯދަ ޕްރޮމޯޝަންގެ ސަބަބުން 760 ރުފިޔާއަށް އަގު އުފުލުނު ނަމަވެސް، މަސްދަޅު ކޭސް ވިއްކަމުން ދިޔައީ 590 ރުފިޔާއަށެވެ. 

 މި ބަދަލާއެކު ކުރިން، 15 ރުފިޔާއަށް އަށް ވިއްކި ތެޔޮ މަސްދަޅެއްގެ އަގު 18ރ. އަށް އުފުލޭނެ އެވެ.

މި އަހަރުގެ މޭ މަހުގެ ނިޔަލަށް ކުރިއަށް ދިޔަ އެ ޕްރޮމޯޝަން ނިމުމުން، މިއަދުން ފެށިގެން އެ ކުންފުނިން ވިއްކަމުން އަންނަ މަސްދަޅު ކޭހަކުން 150 ރުފިޔާ ވަނީ ބޮޑުވެފައެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު، މަސްވެރިންގެ އަތުން މަސްގަންނަ އަގުން، ކިލޯއަކަށް ރުފިޔާއެއް މިފްކޯއިން ވަނީ މިދިޔަ މާޗުމަހު ބޮޑުކޮށްފަ. އެއާއެކު، އެ ކުންފުނިން ވިއްކާ މަސްދަޅުގެ އަގު ވެސް ބޮޑުވާނެކަން މިފްކޯއިން އޭރު އިއުލާނުކުރި،" މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި ދަޅަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާކަމަށާއި، ދަޅު އުފެއްދުމަށް ބޭނުންކުރާ ޓިން ފްރީލްސްއާއި، ދަޅުގެ އަގުގެ ބޮޑު ބައެއް ހިއްސާކުރާ ޑީސަލްގެ އަގު ވެސް މައްޗަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ރޯދަމަހުގެ ކުރިން މަސްދަޅުގެ އަގު އުފުލޭ ވާހަކަ އިއުލާނު ކުރުމުން ވެސް ބައެއް މީހުން ވަނީ މަސް ފިހާރަތައް ކައިރީ ކިއު ހަދާފައެވެ. 

މިފްކޯގެ މަސް އަގު ބޮޑުވި ނަމަވެސް، ރާއްޖޭގައި އުފައްދާ ބައެއް އެހެން ބްރޭންޑުތަކުގެ މަހުގެ އަގަށް ބަދަލުގެނައިކަން އިއުލާނެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް