ads
ޕްރަނީތާ ޝުބާޝް
ޕްރަނީތާގެ ބޭބީ ބަމްޕް ދައްކާލައިފި
އިންޑިއާގެ ފިލްމީ ތަރި ޕްރަނީތާ ސުބާޝް ބަނޑު ބޮޑުކަން އިއުލާނުކޮށްފައިވަނީ މީގެ އެއް މަސް ދުވަސް ކުރިންނެވެ.

އޭނާ ބަޑުބޮޑުކަން ހާމަކުރިތާ މަަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ޕްރަނީތާ މިވަނީ އެނާގެ ފޭނުންނަށް ބަނޑު (ބޭބީ ބަމްޕް) ދައްކާލާފައެވެ. 

އޭނާ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯގައި ވަނީ ބާތްޓަބަކަށް އެރި އޮވެ ބަނޑު ދައްކާލާފައެވެ.  

ބެންގަލޫރަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ނިތިން ރާޖޫ އާ ޕްރަނީތާ ކައިވެނިކުރީ 2021 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

އޭނާ ބަނޑުބޮޑުކަން އިއުލާނު ކުރުމަށްފަހު ބުނެފައިވަނީ މިހާރު އިންތިޒާރު ކުރަމުން ދަނީ އޭނާގެ ފުރަތަމަ ދަރިފުޅަށްކަމަށެވެ.

ޕްރަނީތާ އެންމެ ފަހުން ބޮލީވުޑް އިން ފެނިގެން ގޮސްފައިވަނީ ފިލްމު "އެންސީއާރް: ކަތަނަޔަކުޑޫ( 2019) އިންނެވެ. ޕްރަނީތާ ވަނީ ސަގުނީ (2012)، މަސޫ އެންގިރާ މަސިލަމާނީ (2015)، އެނަކްކޫ ވައިތާ އަދީމައިގަލް (2017) ފަދަ ކާމިޔާބު ތަމަޅަ ފިލްމުތަކުގައި ވެސް އެކްޓްކޮށްފައެވެ. މީގެ އިތުރުން ބާވާ (2010)، އަތާރިންތިކީ ދާރީ (2013) އަދި ހެލޯ ގުރޫ ޕްރޭމާ ކޮސަމީ (2018) ފަދަ މަޝްހޫރު ޓޮލީވުޑް ފިލްމުތަކުގައި ވެސް އޭނާ ވަނީ މުހިންމު ރޯލުތަކެއް ކުޅެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް