މި ބާރާތް ފެށޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މި ފެސްޓިވަލްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ، އާސެނަލާއި ސައުދީގެ އަލް ފަތޭހްގެ އިތުރުން ސަލްގާޑޯ ދުބާއީގައި ހިންގާ ސްޕެނިޝް ސޮކާ ސްކޫލްގެ 12 އަހަރުން ދަށުގެ ޓީމެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ އެހެން ބައެއް ޓީމްތަކުގެ ތެރޭގައި ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، އިންޓަ މިލާން، ޕޯޓޯ، ޒަމަލެކް (މިސްރު)، އަލް ވަސްލް (ޔޫއޭއީ) އަލް ނަސްރް (ޔޫއޭއީ)، ޝަބާބް އަލް އަހްލީ (ޔޫއޭއީ)، ސްޕެނިޝް ސޮކާ ސްކޫލް (ޔޫއޭއީ) ހިމެނެއެވެ.
މިއީ ދިވެހި ތުއްތު ކުދިންގެ ޓީމު މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު އެކަޑަމީ ކޯޗު އިސްމާއިލް އާސިފް- ކުޑަ ހީނާއެވެ.