ދިމާވި ދަތިތަކަކީ ކޮބައިކަން ހާމަ ނުކުރެއްވި ނަމަވެސް، އިނގިރޭސި ގަނޑުވަރު ބަކިމްހަމް ޕެލެސް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާނީއަށް ވަޑައިނުގަނެވުނީ "ދަތުރުކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން" ކަމަށެވެ.
ގަނޑުވަރުން މިހެން ބުނި ނަމަވެސް، ވެރިކަމަށް 70 އަހަރު ފުރުމުގެ ގޮތުން އިނގިރޭސި ވިލާތުގައި ބާއްވާ ހުރިހާ ރަސްމިއްޔާތަކަށް ވަޑައިގަންނަވާނެކަމަށް ވެސް ރާނީ ވަނީ ކުރުން ވިދާޅުވެފައެވެ.
މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ވިލާތުގެ މަޖިލީހުގައި ބޭއްވި ހަފްލާއަކަށް ވަލީ އަހުދު ޗާލްސް އާއެކު ރާނީ ވަނީ ވަޑައިގެންފައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ، އުމުރުން 92 އަހަރުގެ ރާނީގެ ބާރުތައް ވަލީއަހުދު ޗާލްސް އަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް ގަނޑުވަރުން އިއުލާނެއް ނުކުރެއެވެ.